Advertisement

އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ބޮޑު ތަހުގީގެއް ކުރަނީ

9 ޖަނަވަރީ 2023 - 13:16 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ނީލަންފިހާރަ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ؛ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ބޮޑު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަލިފާނުގެ ހާދިސާތަކާ ގުޅިގެން ފުލުހުން ބޮޑު ތަހުގީގެއް ކުރަނީ

9 ޖަނަވަރީ 2023 - 13:16 0

މިފަހުން މާލޭގެ އިތުރުން އަތޮޅުތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ބޮޑު ތަހުގީގެއް ކުރިއަށް ގެންދަން ފުލުހުން ނިންމައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ފަހަކަަށްއައިސް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން ބޮޑު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ހަމީދު މިފަދައިން ވިދާޅުވެފައިވާއިރު ފާއިތުވި ތިން ދުވަހު ވެސް އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައި ވެއެވެ.

މިއަދު ފަތިހު ނީލަންފިހާރަ ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނާއި، މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުންތަކެއް ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކެއް ވަނީ އަނދާ ހުލިވެފައެވެ.

އަދި އިއްޔެ ގދ. ފިޔޯރީ ސްކޫލުގެ ބައު އިމާރާތުގައި ރޯވެ އެ އިމާރާތް މުޅިން ވަނީ އަނދާ ހުލިވެފަ އެވެ. މީގެ އިތުރުން މިމަހުގެ ހަތް ވަނަ ދުވަހު ރ. އަލިފުށީ ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ ވަރަށް ބޮޑަށް އަނދާާފައި ވެއެވެ. ގދ. ފިޔޯރީ އަދި ރ. އަލިފުށީގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އަދި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމަށް ނިންމާފައިވާއިރު އެއީ ހާދިސާތަކާ ގުޅޭ ކޮން ސަބަބަކާހުރެ ކުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.