Advertisement

އޯޝަން ބަބުލްސްގެ ރޮބޮޓަށް ނަމެއްދީގެން 10،000ރ ހޯދުމުގެ ފުރުސަތު

9 ޖަނަވަރީ 2023 - 16:09 6

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އޯޝަން ބަބުލްސްއަކީ ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ކެފޭ -- އާޓުވޯކު: މުހައްމަދު އިސާމް ސާމިރު / އަދަދު


އޯޝަން ބަބުލްސްގެ ރޮބޮޓަށް ނަމެއްދީގެން 10،000ރ ހޯދުމުގެ ފުރުސަތު

9 ޖަނަވަރީ 2023 - 16:09 6

އޯޝަން ބަބުލްސްގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ރޮބޮޓަށް ކިޔާނެ ނަމެއް ހުށަހަޅައިގެން 10،000ރ. ގެ ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އެ ކެފޭއާއި އަދަދު ނޫސް ގުޅިގެން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުގަ އެވެ. އެގޮތުން ރޮބޮޓަށް ނަމެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަދަދުގެ ފޭސްބުކް ޕޭޖަށް ލައިކު ކުރުމަށްފަހު ރޮބޮޓަށް ކިޔާނެ ނަމެއް އެކަމަށް ހާއްސަ ޕޯސްޓަށް ކޮމެންޓުކޮށްފައި ޕޯސްޓު ޝެއާ ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށެވެ. އެ މުއްދަތުގައި ހުށަހަޅާ ނަންތަކުގެ ތެރެއިން އެންމެ ގިނަ ރިއެކްޝަން ލިބޭ 10 ނަމާއި ނަން ފާސްކުރާ ހާއްސަ ކޮމިޓީން ޝޯޓު ލިސްޓުކުރާ ނަންތައް ހޮނިހިރު ދުވަހު ފޭސްބުކުގައި ޕޯސްޓު ކުރާނެ އެވެ. އެ ނަންތަކުގެ ތެރެއިން ރޮބަޓަށް ކިޔާނެ ނަމެއް ކަނޑައަޅާނެ އެވެ.

ނަން ހުށަހަޅާއިރު، ދެމީހަކު އެއް ނަމެއް ހުށަހަޅާފައިވާ ނަމަ އިސްކަންދޭނީ އެންމެ ފުރަތަމަ އެނަން ކޮމެންޓު ކުރި ފަރާތަށެވެ. ރޮބޮޓަށް ނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަމެއް ހޮވައި އިއުލާނު ކުރާނީ މިއަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އޯޝަން ބަބުލްސްއަކީ ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ކެފޭ އެވެ. މަޖީދީ މަގާއި ބޮޑުފުންގަނޑު މަގު ކަންމަތީގައި ހުންނަ އިމާރާތުގައި (ކުރީގެ އުރީދޫ) ހުޅުވި އެ ކެފޭގެ ހިދުމަތް މިއަދު ވަނީ އާންމުކޮށް ދޭން ފަށާފަ އެވެ.

އެ ކެފޭގައި ހިދުމަތް ދިނުމަށް ބޭނުންކުރާ ރޮބޮޓަށް އޯޑަރުތައް ގެންދަންވީ މޭޒުތަކާއި އަދަދު ވެސް އެނގެ އެވެ. އަދި ދަތުރު ކުރާ މަގުގައި އެއްޗެއް ނުވަތަ މީހަކު ހުރި ނަމަވެސް ދެނެގަތުމުގެ ގާބިލުކަން އެ ރޮބޮޓަށް ލިބިފައިވެ އެވެ. އޭގެއިތުރުން ޗާޖު ދަށްވުމުން އޭތި އަމިއްލައަށް ގޮސް ޗާޖު ޑޮކް ވެސް ކުރެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ފެށި އޯޝަން ބަބުލްސްގެ ވިޔަފާރި މާލެއަށް ފުޅާކޮށް ހުޅުވި އައުޓުލެޓުން ވަނީ ބޮބާ ޓީގެ އޮތެންޓިކް ނުވަތަ އަސްލު ބުއިންތައް ވެސް ތައާރަފު ކޮށްފަ އެވެ. އޭގެއިތުރުން ފެންވަރު ރަނގަޅު ކޮފީގެ ބުއިންތަކާއި ޕްރިމިއަމް ޓީގެ ވެސް 11 ވައްތަރެއް އެތަނުން ލިބެން ހުރެ އެވެ.

ސްޓާ ބަކްސްއަށް ކޭކު ތައްޔާރު ކުރާ ރެއްލާ ބުރޭންޑުގެ ކޭކުގެ އިތުރުން ސޭންޑުވިޗް ފަދަ ބައެއް ލުއި ކާނާއާއި ޖެލާޓޯގެ ތަފާތު ވައްތަރުތައް ވެސް އެތަނުން ލިބެ އެވެ. އަދި ލެޕްޓޮޕް ހިފައިގެން ގޮސް މަސައްކަތް ކޮށްލެވޭ ފަދަ ވާކިން ސްޓޭޝަންތައް ވެސް އެތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.