Advertisement

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

19 މާރިޗު 2024 - 09:33 0

ރައީސް އޮފީސް އިމާރާތް: ނެޝަނަލް ސައިބާ ސެކުއިރިޓީ އޭޖެންސީއެއް އުފައްދައިފި - ފޮޓޯ: ރައީސް އޮފީސް


ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އުފައްދައިފި

19 މާރިޗު 2024 - 09:33 0

ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އުފައްދަވައިފި އެވެ.

އެ އިދާރާއަކީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިދާރާއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތުގައިވާ ގޮތުން، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.

އަދި ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލު ކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ސެކުއިރިޓީގެ ގާބިލުކަން އިތުރު ކުރުމަށް އެހީތެރިވުމަކީ ވެސް އެ އެޖެންސީގެ މަސްއޫލިއްޔަތެކެވެ.

ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރު ކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަން ޖެހޭ މަސައްކަތް ކުރުމަކީ އެ އިދާރާ އުފެއްދުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔެފައިވެ އެވެ.

މި އެޖެންސީއަށް ދިވެހި ބަހުން ބޭނުން ކުރަން ހަމަޖައްސާފައިވާ ރަސްމީ ނަމަކީ "ސައިބާ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ" ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.