Advertisement

ކައުންސިލްތަކަށް ވެސް ނުކުޅެދޭ މީހުންގެ ދަފްތަރު އަދާހަމަ ކުރެވޭނެ

6 ޖަނަވަރީ 2023 - 08:38 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޖެންޑާ މިނިސްޓްރީގެ ހުއްދައާއެކު އެހެން އިދާރާަތަކަށް މި ދަފްތަރުގެ މައުލޫމާތުތައް ފޯރުކޮށްދޭނެ -- ފޮޓޯ: އަދަދު


ކައުންސިލްތަކަށް ވެސް ނުކުޅެދޭ މީހުންގެ ދަފްތަރު އަދާހަމަ ކުރެވޭނެ

6 ޖަނަވަރީ 2023 - 08:38 1

ރަށު ކައުންސިލްތަކަށް ވެސް އަދާހަމަ (އަޕްޑޭޓް) ކުރެވޭ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަަފްތަރު (ނެޝަނަލް ޑިސްއޭބިލިޓީ ރެޖިސްޓްރީ) އިފްތިތާހްކޮށްފި އެވެ.

އެ ދަފްތަރު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.

ނުކުޅެދުންތެރިކަން ހުންނަަ މީހުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް އަމަަލު ކުރެވެން ފެށިތާ 11 އަހަރު ދުވަސްވެފައިވާ އިރު މިއީ މިގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާރްތަކުގެ ދަފްތަރެއް އެކުލަވާލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޮތީ ހަމަ އެކަނި އެންސްޕާ މެދުވެރިކޮށް އިނާޔަތް ދެމުން ދިޔަ މީހުންގެ ދަފްތަރެއް އެކަންޏެވެ.

އެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ ޑިޖިޓަލް ޕޯޯޓަލެއް މެދުވެރިކޮށެވެ. މި ދަފްތަރުގެ ސަބަަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވާ އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެ ދަފްތަރު ލާމަަރުކަަޒު ކުރެވި ލޯކަލް ގަވާނެންސް އޮތޯރިޓީ (އެލްޖީއޭ)ގެ ޕޯޓަލާއި ގުޅާލެވޭނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މި ދަފްތަރުގައި އެފަރާތްތަކުގެ ހުރިހާ މައުލޫމާތެއް ހިމަނާނެ ކަމަށާއި ޖެންޑާ މިނިސްޓްރީގެ ހުއްދައާއެކު އެހެން މުއައްސަސާތަކަށް ވެސް މި މައުލޫމާތުތައް ފޯރުކޮށްދެވިދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.