Advertisement

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ފުރިހަމައަށް ދެމިއޮންނާނެ: ސޯލިހު

1 މޭ 2024 - 11:39 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ 2023 ވަނަ އަހަރުގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގައި އެމްޑީޕީން ބޮޑު ދައުރެއް އަދާކުރި ކަމަށް މިއަދު އެމަނިކުފާނު ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި އެމްޑީޕީ ފުރިހަމައަށް ދެމިއޮންނާނެ: ސޯލިހު

1 މޭ 2024 - 11:39 1

އިދިކޮޅު ޕައި ޕާޓީގެ ގޮތުގައި މޯލްޑިވިއިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ދެމި އޮންނާނީ މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތައް ފުރިހަމައަށް ލިބޭދޭކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތުގައި ކަމަށް އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ކަމަށްވާތީ އެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މަސައްކަތްތެރިންނަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތައް ލީޑްކުރުމަކީ އެމްޑީޕީން ފަޚުވެރިވާ ކަމެއް ކަމަށެވެ. .

"ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތް ލީޑު ކުރުމަކީ އެމްޑީޕީ ފަހުރުވެރިވާ ކަމެއް. އެކި ރައްކާތެރިކަން ޔަގީން ކޮށްދެވުނުއިރު އޭގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ޔަގީންކޮށްދިނުމަށް ވުޖޫދުކުރި ގާނޫނުތައް ހިމެނޭ," މިނިމަން ވޭޖުގެ ގާނޫނު ރައީސްގެ މަގާމުގައި ހުންނަވައި ތަސްދީގު ކުރެއްވި ސޯލިހު ވިދާޅުވި އެވެ.

އެ ޕާޓީން ކުރިންވެސް ހަރަކާތްތެރިވި ގޮތަށް މަސައްކަތްތެރިންނަށް މިހާރު ލިބިދީފައިވާ ހައްގުތަކުގެ ބޭނުން, އެންމެ ފުރިހަމައަށް, އެ މަސައްކަތްތެރިންނަށް ހިފޭނެކަން ކަށަވަރު ކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ސޯލިހު ދެއްވި އެވެ.

2007 ވަނަ އަހަރު އެމްޑީޕީ އާއި މަސައްކަތްތެރިން ގުޅިގެން ބޭއްވި މޭޑޭ ރެލީ. މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގައި ގިނަ ގާނޫނުތަކެއް އެމްޑީޕީން ވަނީ ވުޖޫދުކޮށްފައި --- ފޮޓޯ: މުހައްމަދު އަބްދުالله ޝަފީގު


މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ގޮވާލައި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ރެލީއެއް ބޭއްވީ 2006, ގައި އެމްޑީޕީ އާއި މަސައްކަތްތެރިން ގުޅިގެންނެވެ. އެއަށްފަހު ކޮންމެ އަހަރަކު ވެސް މެއި އެކެއްގައި ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތަކަމަށް ވަކާލާތު ކުރުމަށް ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

އެ ހަރަކާތްތައް ފެށިއިރު ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ގާނޫނުން އޮތީ ކަށަވަރު ނުކޮށްދެވި އެވެ. އެގޮތުން, މިނިމަމް ވޭޖާއި, ސާވިސް ޗާޖާއި, އިތުރު ގަޑީގެ ލާރި އާއި މަސައްކަތުގެ ގަޑިތައް ކަނޑައެޅުމާއި ޔޫނިއަން ހެދުމުގެ ގާނޫނުތަކެއް ލިޔެވިފައި ނެތެވެ.

ރަސްމީ ގޮތެއްގައި ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011, ގަ އެވެ. އެ އަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީ އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް ވެސް ރާއްޖޭގައި ގާއިމުކުރި އެވެ. އަދި, މަސައްކަތްތެރިންނާ ގުޅޭ މުހިންމު ގާނޫނުތަކެއް ވުޖޫދު ކުރި އެވެ.

އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ސޯލިހުގެ ވެރިކަމުގައި ވެސް މަސައްކަތްތެރިންނާ ގުޅޭ މުހިންމު ގާނޫނުތަކެއް ވުޖޫދު ކުރެއްވި އެވެ. އެގޮތުން, އެންމެ ކުޑަކޮށް ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމާއި, 10 ޕަސެންޓު ސާވިސް ޗާޖު ނެގުން ލާޒިމު ކުރުން ހިމެނި އެވެ.

އޭގެ އިތުރުން, މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ފާސްކުރީ ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. އެއާއެކު, މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުނު ނަމަވެސް އެއިން ޖަމިއްޔާ ޖަމާއަތަކަށް ގާނޫނީ ބާރުވެރިކަމެއް ނުލިބި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.