Advertisement

ޕެލޭގެ ޖަނާޒާ އަށް ނޭމާ ނުދިއުމުން ގިނަ ބައެއްގެ ފާޑުކިޔަނީ

4 ޖަނަވަރީ 2023 - 10:18 0


ޕެލޭގެ ޖަނާޒާ އަށް ނޭމާ ނުދިއުމުން ގިނަ ބައެއްގެ ފާޑުކިޔަނީ

4 ޖަނަވަރީ 2023 - 10:18 0

ސައޮ ޕައޮލޯ، ބްރެޒިލް (ޖެނުއަރީ 4) - ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ޕެލޭގެ ޖަނާޒާގައި ބައިވެރިވުމަށް ނޭމާ ނުދިޔުމުން ގިނަ ބައެއްގެ ނުރުހުމާއި، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ މަރުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހު 29 ވަނަ ދުވަހު އެވެ. އުމުރުން 82 އަހަރުގެ ޕެލޭ މަރުވީ ކެންސަރު ބަލީގެ އިތުރުން ހިތުގެ ބައްޔަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދުމަށް ފަހުގަ އެވެ.

ޕެލޭގެ ޖަނާޒާގެ ކަންކަން މިދިޔަ ދެ ދުވަހު އެގައުމުގައި ކުރިއަށްދިޔައިރު، ދުނިޔޭގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުންނާއި އެގައުމުގެ ގިނަ ބަޔަކު އަންނަނީ ޖަނާޒާގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިމެނެ އެވެ.

ޕެލޭގެ ޖަނާޒާގައި ބައިވެރި ނުވާ މީހުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަނީ އެގައުމުގެ މިހާރުގެ އެންމެ މަގުބޫލު ތަރި ނޭމާ އަށެވެ.

ބްރެޒިލްގެ ތަރި ނޭމާ އަކީ ޕެލޭ އަށް ވަރަށް ހާއްސަ ކުޅުންތެރިއެކެވެ. ޕެލޭ ވަނީ ނޭމާގެ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން އޭނާގެ ކަންކަން ގާތުން ބަލައި ނޭމާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ނޭމާވެސް ކެރިއަރު ފެށީ ޕެލޭވެސް ކުޅުނު ބްރެޒިލްގެ ސަންޓޯސް އިން ކަމަށްވާތީވެސް އޭނާ އަށް ޕެލޭގެ ހިތުގައި ހާއްސަ ޖާގައެއް އަބަދުވެސް އޮވެ އެވެ.

އެހެންކަމުން ޕެލޭގެ ޖަނާޒާގައި ނޭމާ ބައިވެރިނުވުމަކީ ވަރަށް ބޮޑު ބޭއިހުތިރާމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ދެކެމެންނެވެ. ޕެލޭ އަބަދުވެސް ހާއްސަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރާ ނޭމާ ޕެލޭއަށް ފަހު އިހުތިރާމް އަދާކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މިކަމާ ގުޅޭގޮތުން ނޭމާގެ އާއިލާއިން މައުލޫމާތުދިން މެންބަރަކު ބުނީ ފްރާންސް ލީގުގެ ކުޅުން މިވަގުތު ކުރިއަށްދާތީ ޕީއެސްޖީގެ ފަރިތަކުރުންތައް މެދު ކަނޑާލާފައި ދާން ނޭމާ އަށް ފުރުސަތު ނުލިބުނީ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ނުރުހުން ފާޅުކުރަމުން އަންނަ ފަރާތްތަކުން ބުނަނީ ޕެލޭ ކަހަލަ ކުޅުންތެރިއެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނޭމާ ބޭނުންވި ނަމަ އޭނާގެ ކުލަބު، ޕީއެސްޖީ އަށް ޕްރެޝަރުކޮށްގެން ވެސް ނޭމާ އަށް ޖަނާޒާގައި ބައިވެރިވެވުނީސް ކަމަށެވެ.

ނޭމާ ވަނީ އާއިލާގެ މެންބަރުން އުފަން ދުވަސް ކަހަލަ ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ޕީއެސްޖީ އިން ހާއްސަ ހުއްދަ ނަގައިގެން މީގެ ކުރިން ބްރެޒިލަށް ގޮސްފަ އެވެ.