Advertisement

މުހިންމު އިގްތިސޯދީ ނިންމުންތައް ރައީސް ނިންމަވަނީ ސިޔާސީ މަންފާއަކަަށް ނޫން: މިނިސްޓަރު

2 ޖަނަވަރީ 2023 - 12:55 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


މުހިންމު އިގްތިސޯދީ ނިންމުންތައް ރައީސް ނިންމަވަނީ ސިޔާސީ މަންފާއަކަަށް ނޫން: މިނިސްޓަރު

2 ޖަނަވަރީ 2023 - 12:55 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިގްތިސޯދީ ގޮތުން މުހިންމު ނިންމެވުންތައް ނިންމަވަނީ ސިޔާސީ މަންފާއަކަށް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިގްތިސޯދީ ގޮތުން ދަތި ދަނޑިވަޅުތަކުން އަރައިގަތުމަށް ރައީސް ސޯލިހް ސިޔާސީ މަންފާ އިސްނުކުރައްވާ ކަމަށާއި، އެމަނިކުފާނު އަބަދުވެސް އިސްކުރަނީ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ ކަމަށެވެ.

"ދިވެހި އިގުތިސޯދު މިވަނީ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި, 2022 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައި, މި އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ." އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، ކައިރި ގައުމުތަކުން ފެންނަ ހަގީގަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި އިގްތިސޯދީ ސިޔާސަތުތައް "ކޮމްޕްރޮމައިޒްވުން" ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ވެސް ހިތިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމަވައިގެން ހުންނެވި އަމީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ޓެކުސް ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާތީ އެވެ. ނަޝީދު ވިދާޅުވަނީ މިހާރު ގައުމު މިއޮތީ އިގުތިސޯދީ ތާއްޓެއްގެ ތެރޭގައި ކަމަށާއި، މި ދަނޑިވަޅުގައި ޓެކްސް ބޮޑުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޓެކުސް ބޮޑުކުރުމުގެ ބަދަލުގައި ނަޝީދު ތާއިދުކުރައްވަނީ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށެވެ. މިވަގުތު ޓެކްސް ބޮޑު ކުރުން އެއީ އިގްތިސޯދަށް ފައިދާވާނެ މަސައްކަތެއް ކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފުން ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ.