Advertisement

މިއަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު ފަސް ޕަސަންޓު ދަށް

31 ޑިސެންބަރު 2022 - 13:30 1

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މަސް މާރުކޭޓު ތެރެއިން؛ މިއަހަރު މަސް އެކްސްޕޯޓު ކުރި މިންވަރު 5 ޕަސަންޓު ދަށް ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ


މިއަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު ފަސް ޕަސަންޓު ދަށް

31 ޑިސެންބަރު 2022 - 13:30 1

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު ފަސް ޕަސަންޓު ދަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 69،000 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓް ކުރީ 65،000 މެޓްރިކް ޓަނުގެ މަހެވެ.

ހިސާބުތަކަށް ބަލާއިރު ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ޖުމްލަ އެކްސްޕޯޓް ދަށްވީ ކަންނެލީގެ އެކްސްޕޯޓް ދަށްވުމުންނެވެ. ކަންނެލީގެ އެކްސްޕޯޓް ކުރެވުނީ މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން މަދުންނެވެ.

އޭގެ ތެރެއިން ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން މިއަހަރު އެންމެ ގިނައިން ބޭރުކުރީ ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެއްޔެވެ. ކަޅުބިލަ މަހުގެ 46،000 މެޓްރިކް ޓަން މިއަހަރު ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ބޭރުކުރީ 45،000 މެޓްރިކް ޓަނެވެ. އަދި ރީނދޫ އުރަހަ ކަންނެލީގެ 8،000 މެޓްރިކް ޓަނު މިއަހަރު ބޭރުކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ 14،000 މެޓްރިކް ޓަނު ބޭރުކޮށްފަ އެވެ.

މިއަހަރު މަސް އެކްސްޕޯޓް ކުރި މިންވަރު އެވްރެޖްކޮށް ދަށްއިރު، ޕޯޗްކޮށް އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޕޯޗްކޮށް އަދި ދަޅުގައި ބަންދުކޮށްގެން 6،700 މެޓްރިކް ޓަނު ބޭރުކުރި އިރު، މިއަހަރު އެ މުއްދަތުގައި ވަނީ 7،800 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފަ އެވެ.