Advertisement

ކަލާފާނު ސްކޫލްގެ ފޭސްބުކް ޕޭޖް ހެކްކޮށްފި

30 ޑިސެންބަރު 2022 - 14:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކަލާފާނު ސްކޫލް ކައިރީ އެ ސްކޫލްގެ ދަރިވަރުންތަކެއް؛ ސްކޫލްގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި


ކަލާފާނު ސްކޫލްގެ ފޭސްބުކް ޕޭޖް ހެކްކޮށްފި

30 ޑިސެންބަރު 2022 - 14:57 0

ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިގެން އެ މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން މައްސަލަ ހައްލުކުރަން މަސައްކަތް ކުރާ ކަމަށް ބުންޏެވެ.

"މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމުގައި ދަންނަވަމެވެ." އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ ކަން ހާމަކޮށްފައިވާއިރު، ކާލާފާނު ސްކޫލްގެ ފޭސްބުކް ޕޭޖްގައި މިިދިޔަ ދެ ދުވަހު ވަކި ޕޯސްޓެއް ކޮށްފައެއް ނެތެވެ.

ސްކޫލްތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކާއި، ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ ސޯޝަލް މީޑިއާ ހޭންޑަލްތައް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ގޮތް ނޭނގޭ ފަރާތްތަކުން ހެކްކޮށްފައި އެބަ ހުއްޓެވެ.