Advertisement

ދެ ރަށެއްގެ ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

29 ޑިސެންބަރު 2022 - 15:16 0

ނިމާ ހަސަން

ނިމާ ހަސަން

ވެލިދުއާއި ޅޮހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ދެ ރަށެއްގެ ބަނދަރު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

29 ޑިސެންބަރު 2022 - 15:16 0

ނ. ވެލިދު އާއި ޅޮހީގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ގދ. ދެއްވަދޫ ގޮނދުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ވެލިދޫ ބަދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 50 މިލިއަން ރުދިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ޅޮހީ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 68 މިލިއަން ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި ދެ ބަނދަރު މަޝްރޫއުގެ ދަށުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ނ. ވެލިދޫ

ވެލިދޫ ބަނދަރު މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 67،020 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، އާ ބަނދަރު 19،513 ކިއުބިކް މީޓަރަށް ފުން ކުރުމާއި 2414 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 12 މީޓަރު ބްރޭކްވޯޓާ ޖެހުން އަދި 151 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. ހަމައެއާއެކު 167 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި 3155 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 10 މޫރިން ބޮއި ހަރުކުރުމާއި 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމުގެ އިތުރަށް، 120 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް އެޅުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން ޅޮހީ ބަނދަރުގައި ދެ ނެވިގޭޝަން ލައިޓާއި، 22 މަގުބައްތިއާއެކު 2433 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓު ހެދުން ވެސް މި މަޟްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ނ. ޅޮހި

ޅޮހީ ބަނދަރު މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 66،701 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، 2205 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި، 281 މީޓަރު ބްރޭކްވޯޓާ ޖެހުން އަދި 40 މީޓަރު ސަބްމާޖް ބްރޭކްވޯޓާ ހިމެނެ އެވެ. ހަމައެއާއެކު 95 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ގްރޮއިން ޖެހުމާިއ، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުން އަދި 366 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ޅޮހީ ބަނދަރުގައި 10 މޫރިން ބޮއި ހަރުކުރުމާއި، 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް އެޅުން އަދި ދެ ނެވިގޭޝަން ލައިޓާއި، 19 މަގުބައްތިއާއެކު 1720 އަކަ މީޓަރުގެ ސަރަހައްދެއްފައި ޕޭވްމަންޓު ހެދުން ވެސް މި މަޟްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ގދ. ދެއްވަދޫ

ގދ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ގދ. ދެއްވަދޫގައި އެމްޓީސީސީން ކުރިއަށް ގެންދަން ހަވާލުކުރި މަޝްރޫއަކީ އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމެވެ. އެގޮތުން ރަށުގެ އުތުރު، އިރުމަތި އަދި ދެކުނު ފަރާތު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 120 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި، 440 މީޓަރުގެ 11 ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމްކުރުމާއެކު ގޮނޑުދޮށް ވެލިން މުއްސަނދު ކުރުން ހިމެނެ އެވެ.

ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މި މަޝްރޫއަކީ 24 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.