Advertisement

ޝިއާ މަރާލުމުގެ ދައުވާ ސާހިލްގެ މައްޗަށް ކޮށްފި

28 ޑިސެންބަރު 2022 - 19:26 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޝިއާ މަރާލުމުގެ ދައުވާ ސާހިލްގެ މައްޗަށް ކޮށްފި

28 ޑިސެންބަރު 2022 - 19:26 0

ހ. ޝީރީން ވިލާ ގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރާލުމުގެ މައްސަލާގައި އަލީ ޝާހިލްގެ މައްޗަށް ދައުވާކޮށްފި އެވެ.

ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އަދި އިތުރު ހަތަރު ދައުވާއެއް ވެސް ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އޭގެ ތެރޭން ދެ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ. ދެން ބާކީ ކުރި ދެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމައެއް ނުކުރި އެވެ. އެ އޮފީހުން ބުނީ މަރުވި ފަރާތުގެ އާއިލާއަށްޓަކައި އެ ދައުވާގެ ބާވަތް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ސާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ސާހިލްއާ ފެއަށް ޖެހިލި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން އެންމެ ފަހުން ބުނެފައިވާ ގޮތުން، މި މައްސަލާގައި ސާހިލް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންވެ އޭނާ ޝިއާ މަރާލި މަގުސަދު އަދި ދެނެގަނެވިފައި ނުވާ ކަމުގަ އެވެ. އެ ކަން ހޯދުމަށް ޓަކައި ފުލުހުން ދިޔައީ އޭނާގެ ފޯނު ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.