Advertisement

ބޯޓެއްގައި ކަނޑުމަތިވެފައި ތިބި ރެފިއުޖީންތަކެއް އ-ންޑޮނީޝިއާއަށް ފޯރައިފި

26 ޑިސެންބަރު 2022 - 15:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރެފިއުޖީންތައް ތިބި ބޯޓު. -- ފޮޓޯ: އޭއެފްޕީ


ބޯޓެއްގައި ކަނޑުމަތިވެފައި ތިބި ރެފިއުޖީންތަކެއް އ-ންޑޮނީޝިއާއަށް ފޯރައިފި

26 ޑިސެންބަރު 2022 - 15:41 0

ގިނަ ދުވަސްތަކެއް ވަންދެން ބޯޓެއްގައި ކަނޑުމަތިވެފައި ތިބި ރޮހިންޔާ ރެފިއުޖީންތަކެއް އިންޑޮނީޝިއާގެ ހުޅަނގުގެ ގޮނޑުދޮށަކަށް ފޯރައިފި އެވެ.

އެ މީހުންގެ ލަކުޑި ބޯޓުގެ އިންޖީނު ހުރީ ހުއްޓިފަ އެވެ. އޮފިޝަލުން ބުނީ އެ މީހުން ތިބީ ވަރަށް ބޮޑަށް ވަރުދެރަވެ، ބަނޑުހައިވެފައި ކަމަށެވެ. އޭގެ ތެރެއިން ތިން މީހުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

މީގެ ހަފުތާތަކެއް ކުރިން 150 ރޮހިންޔާ ރެފިއުޖީން ކަނޑުމަތީގައި ހާލުގައި ޖެހުނެވެ. އިންޑޮނީޝިއާއަށް ފޯރި ގްރޫޕަކީ އޭގެ ތެރެއިން ބައެއް ކަމެއް ސާފެއް ނޫނެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ މިޔަންމާގައި ދިރިއުޅެމުން އައި ބަޔެކެވެ. އެ ގައުމުގައި އެ މީހުންނާ ދެކޮޅަށް ގަތުލުއާއްމު ހިންގަން ފެށުމުން، އެތައް މިލިއަން ބަޔަކަށް ހިޖުރަ ކުރަން މަޖުބޫރުވި އެވެ.

އާދީއްތަ ދުވަހު އިންޑޮނީޝިއާއަށް ފޯރި ބޯޓުގައި ތިބީ 57 ފިރިހެނުންނެވެ. އިންޖީނު ހުއްޓިފައި އޮތް ބޯޓު، އިންޑޮނީޝިއާއާ ހަމައަށް ފޯރީ ވައިގެ މިސްރާބު ހުރި ގޮތުންނެވެ.

އެ މީހުން ދަތުރު ފެށީ ކޮން ތަނަަކުން ކަމެއް ސާފެއް ނޫނެވެ. އޮފިޝަލުން ބުނީ އެހީތެރިކަން ދިނުމަށް ފަހު ރެފިއުޖީންގެ މަރުކަޒަކަށް އެ މީހުން ބަދަލުކުރާނެ ކަމަށެވެ.