Advertisement

ފާޑުކިއުންތައް ގިނަވެ ވިލިމާލެ ވޯޓާސްޕޯޓްސް އޭރިއާގެ ޕްލޭން "ކެންްސަލް"

26 ޑިސެންބަރު 2022 - 11:19 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވުމާއެކު މާލެ ސިޓީ ކައުންސިލުން ވަނީ ބީޗު ތަރައްގީކުރަން ހަވާލުކުރުން ކެންސަލް ކަމަށް ބުނެފަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފާޑުކިއުންތައް ގިނަވެ ވިލިމާލެ ވޯޓާސްޕޯޓްސް އޭރިއާގެ ޕްލޭން "ކެންްސަލް"

26 ޑިސެންބަރު 2022 - 11:19 0

ވިލިމާލެގައި ވޯޓާ ސްޕޯޓްސް އަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށް ހިންގުމަށް އަމިއްލަ ބަޔަކާ ހަވާލުކުރުމަކީ މިހާރު ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އެ ސަރަހައްދުން ފީ ނަގަން ފަށައިފާނެ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު ސިޓީ ކައުންސިލުން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ވިލިމާލެ ވޯޓާ ސްޕޯޓްސް އޭރިއާ ތަރައްގީކޮށް އެތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކައުންސިލަށް ބިޑް ހުށަހެޅުމަށްް އެދިފަ އެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ބޭރުގެ ކުންފުނިތަކަށް ވެސް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގާ ރާއްޖެ ކުންފުނިތަކުން 10،000ރ. އަދި ބޭރުގެ ކުންފުނިތަކުން 2000 ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

މިކަމާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުސާމް ވިދާޅުވީ، ވިލިމާލެ އާއި މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރަމުންދާ ބީޗް އަދި އެދިމާ މޫދު ވިޔަފާރި އުސޫލުން ކުއްޔަށްދިނުމަކީ ވިލިމާލޭގެ ރައްޔިތުން ގަބޫލުކުރާނެ ކަމެއްނޫން ކަމަށެވެ.

ވިލިމާލެ ރައްޔިތުންގެ ބަހެއްނެތި މިކަން [ވިލިމާލެ ބީޗް ތަރައްގީކުރުމަށް ބަޔަކާ ހަވާލް] ކުރެވިގެން ނުވާނެ. މިކަން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލަށް ގޮވާލަން" އުޝާމް ވިދާޅުވި އެވެ.

މިކަމަށް ފާޑުކީ އެހެން މީހުން ވެސް ބުނީ މުޅި މާލެ ސިޓީ ރައްޔިތުން އާއިލާތަކާއި ރަހުމަތްތެރިންނާއެކު ދަތުރު ދިއުމަށް ބޭނުންކުރާ ތަނަކުން ކުލި ނެގިގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަން މިހާރު "ކެންސަލް ކުރެވިފައި" ކަމަށެވެ.