Advertisement

އިސްލާމިކް ބޭންކުގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

25 ޑިސެންބަރު 2022 - 10:24 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިސްލާމިކް ބޭންކުގެ އާ އިމާރާތް އެޅުމަށް ބިމެއް ހަމަޖައްސައި، އެޗްޑީސީއާ އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް ބޭންކު


އިސްލާމިކް ބޭންކުގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

25 ޑިސެންބަރު 2022 - 10:24 0

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭ ވަރުގެ އިމާރާތެއް ހުޅުމާލޭގައި އެޅާނެ ބިމެއް އެޗްޑީސީން ހަމަޖައްސައިދީ، ރަސްމީގޮތުން އެ ބިން އެ ބޭންކާ ހަވާލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަތްހާސް އަކަފޫޓޫގެ އެ ބިން އިސްލާމިކް ބޭންކުގެ އާ އިމާރާތް އެޅުމަށް ރަސްމީ ގޮތުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް ބޭންކުގެ ޕީއާރު އޮފިސަރު މި ނޫހަށް ވިދާޅުވީ އެ ބޭންކުން ދެމުންގެންދާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ހަމަޖެހުނީ ހަމައެކަނި އިމާރާތް ކުރާނެ ބިން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކަންކަން ވެސް ހަމަޖެހޭނެ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ބޭންކުން މިހާރު ހިދުމަތް ފޯރުކޮށްދެމުންދަނީ ވަން އެވެނިއުގެ އެންމެ ތިރީ ފަންގިފިލާފައި ހުންނަ ގޮތްޕަކުންނެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ އަވަށުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު އިސްލާމިކް ބޭންކުގެ ހިދުމަތްތައް ވެސް ހުޅުމާލެއިން ފަސޭހައިން ފޯރުކޮށްދެވޭތޯ އެ ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަލަށް ލިބުނު ބިމާއެކު ހުޅުމާލޭގައި އިސްލާމިކް ބޭންކުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.