22 ޑިސެންބަރު 2022 - 10:34 0
19 އަހަރުން ދަށުގެ އިންޓަ ސްކޫލް ސެމީ ފައިނަލުގައި ސީއެޗްއެސްއީ އާއި ވިލާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
22 ޑިސެންބަރު 2022 - 10:34 0
މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީގައި ޕެނަލްޓީ ޖަހައިގެން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ބަލިކޮށް، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ފެނުނީ ފޯރިގަދަ ކުރިމަތިލުމެކެވެ. ޕެނަލްޓީގައި ވިލާ އިން ވަނީ 12 ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ސީއެޗްއެސްސީ ވަނީ 13 ޕެނަލްޓީ ވައްދާލައި މެޗުން މޮޅުވެފަ އެވެ.
ވިލާ އާއި ސީއެޗްއެސްއީ ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ފޯރިގަދަ ސެމީ ފައިނަލެއް ފެނިގެންދިޔައިރު، އިއްޔެ އެންމެ ފުރަތަމަ ދެ ގޯލު ޖެހީ ވިލާ އިންނެވެ. އެ ޓީމުގެ ލަނޑުުތައް ޖެހީ މުހައްމަދު އަޝްހަމް އަޝްރަފު އާއި މުހައްމަދު ކައިފް ރައިމޫން ކަމާލުއްދީން އެވެ. ފަހަތުން އަރައި އެއްވަރުކުރަން، ސީއެޗްއެސްއީ ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކުރީ ދައްޔާން އަހުމަދު އާއި މުހައްމަދު ފައިޒާން ފަޒީން އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރުގައި ސީއެޗްއެސްއީ ބައްދަލުކުރާނީ ކެޔޮދޫ ސްކޫލްއާ އެވެ.
ފަސް ޓީމު ވާދަކުރި މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ހޯދައިގެން ކެޔޮޮދޫ ސްކޫލް ފައިނަލަށް ދިޔައިރު، ސެމީގައި ކުޅެފައިވަނީ ދެ ވަނަ އާއި ތިން ވަނަ އަށް ދިޔަ ސީއެޗްއެސްއީ އާއި ވިލާ އެވެ. ސީއެޗްއެސްއީ މި ވަނީ ފޯރިގަދަ ސެމީ އަކަށް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
Comment