Advertisement

ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

21 ޑިސެންބަރު 2022 - 11:10 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޮނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ


ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި

21 ޑިސެންބަރު 2022 - 11:10 0

މި މަހުގެ ނުވަނަ ދުވަހު، ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު، ނިޝާމާ މުހައްމަދުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި އެވެ.

ނޮޅިވަރަމު، ހިތަށްފިނިވާގޭ، ނިޝާމާ، 28އ، ގެ ހަށިގަނޑު މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާފައިވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ. ނިޝާމާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ ޕޯސްޓްމޯޓަމް ހެދުމަށެވެ.

މި މަރުގެ މައްސަލައިގައި ނިޝާމާގެ ފިރިމީހާ، އދ. ފެންފުއްޓަށް ނިސްބަތްވާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވޭއިރު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކުއްލިއަކަށް ފުރައިގެން ގޮސް ހުރީ އެ އަތޮޅު ކުޅުދުއްފުށީގަ އެވެ.

އެ އަތޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވަނިކޮށް އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ. ފަރުވާ ދެނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.

ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެ އެވެ.

މި ހާދިސާއަށް ފަހު ފައިސަލަށް ތުހުމަތު ކުރެވޭ އަނިޔާގެ އިތުރު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 2015 ވަނަ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދި, އޭނާގެ އެންމެ ފުރަތަމަ އަނބިމީހާ ވެސް ވަނީ މި ނޫހާ އެފަދަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.