20 ޑިސެންބަރު 2022 - 15:05 0
އައިޝަތު އަހުމަދު
ދެރަށެއްގެ ބަނދަރާއި، ގޮނޑުދޮށް ހަދަން ހަވާލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން
20 ޑިސެންބަރު 2022 - 15:05 0
ރ. އިނގުރައިދޫ ބަނދަރުގެ ނެރުފައިކަށި އަދި ފ. ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ވަނީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތި ޝާނާ ފާރޫގެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 29.95 މިލިއަން ރުފިޔާ އަށް 240 ދުވަހުގެ މުއްދަތުގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން ރަށުގެ ހުޅަނގު ފަރާތުގައި 503 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި، 20 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، އިރުއުތުރު ފަރާތުގައި 429 މީޓަރުގެ ޖީއޯބޭޖް ރިވެޓްމަންޓް ގާއިމްކުރާނެ އެވެ.
އިނގުރައިދޫ ބަނދަރުގެ ނެރުފައިކަށި ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 17.1 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 370 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް، 6394 ކިއުބިކް މީޓަރަށް ނެރު ފުންކުރާނެ އެވެ. މީގެ އިތުރުން 86 މީޓަރުގެ ސަރަހައްދެއްގައި ނެރު ބްރޭކްވޯޓާ، 59 މީޓަރުގެ ސަރަހައްދެއްގައި ބްރޭކް ވޯޓާ ޖަހާނެ އެވެ.
އަދި އިރުމަތި ފަރާތުން 150 މީޓަރުގެ ބްރޭކްވޯޓާ ޖަހައި، 2 ނެވިގޭޝަން ލައިޓް ހަރުކުރާނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment