Advertisement

ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުން ފާހަގަ ކުރަން ޓެޓްރާޕޮޑް މޮނިއުމެންޓު އުސްފަސްގަނޑަށް ބަދަލުކޮށްފި

20 ޑިސެންބަރު 2022 - 12:36 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބޭރުތޮށި ރަމްޒުކޮށްދޭ ބަޖިޔާ ގައު ވަނީ އުސްފަސްގަނޑު ސަރަހައްދަށް ރީ ލޮކޭޓްކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ރާއްޖެ އާއި ޖަޕާނާ ދެމެދު އޮތް ގުޅުން ފާހަގަ ކުރަން ޓެޓްރާޕޮޑް މޮނިއުމެންޓު އުސްފަސްގަނޑަށް ބަދަލުކޮށްފި

20 ޑިސެންބަރު 2022 - 12:36 0

ރާއްޖެއިން ޖަޕާނު ސަރުކާރާއެކު ސިޔާސީ ގުޅުން ގާއިމް ކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ޓެޓްރާޕޮޑް ނުވަތަ ބަޖިޔާ ގާ މޮނިއުމެންޓު އުސްފަސްގަނޑަށް މިއަދު ބަދަލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޮނިއުމެންޓް ހުޅުވައިދެއްވީ ޖަޕާނު ހާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރު ޓަކެއި ޝުންސުކެއި އެވެ.

"1987 ވަނަ އަހަރު އެރި ބޮޑު ރާޅުގެ ސަބަބުން މިމާލެއަށް ލިބުނު ގެއްލުމުގެ ހަނދާންވާނެ އެތައް ބަޔަކު މާލޭގައި އެބަ އުޅޭ. އަޅުގަނޑުމެންގެ ވަށައިގެން މިވާ ގަތާލެވިފައިވާ ފާރު މިތަނަށް އައި ގޮތް ފެނުނު އެތައް ބަޔަކު ދިވެހި ރާއްޖޭގައި އެބަތިބި. އަޅުގަނޑުމެންގެ ކުރިމަތީގައި މިހިރަ ގެރިގާ ބަހައްޓާ އެއީ ކޮން އެއްޗެއްކަން އަޅުގަނޑުމެން ރަމްޒީ ގޮތުން ބަލައިގަންނަމުން އައި ޒަމާން ހަނދާންހުރި ބަޔަކު އެބަތިބި،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.


ޝުންސުކެއިގެ އިތުރުން ރާއްޖޭގެ ހާރިޖީ މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑަޅާފައި ހުންނަވާ ސަފީރު ޓަކެއޯޗީ މިޑޯރީގެ އިތުރުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ދައުލަތުގެ ބައެއް އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ބޭނުންވާ ގައުމަކާ އެކު މަސައްކަތްކޮށް ނިމުމުން އެ ގައުމަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކަނޑާލުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ގައު ނަގާ އެއްލާލާ ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ފޮހެލުމަށް ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިވަނީ އެ ގައު ރީލޮޮކޭޓްކޮށް ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން ރައްޔިތުންނަށް ފެންނާނޭހެން ބަހައްޓާފައިކަން ޝާހިދު ފާހަގަކުރި އެވެ.

އެ ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ޖަޕާނު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޓަކެއި ޝުންސުކެއި ވަނީ ރާއްޖެއާއި ޖަޕާނަކީ މާޒީގައި ދިމާވެފައިވާ ދަތި ވަގުތުތަކުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ދެގައުމުކަން ފާހަގަކޮށްފައެވެ.

"މި ކާރިސާއާ ގުޅިގެން ތިމާވި ތަދުމަދުކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން ވާނީ ރާއްޖެއަށް 690،000 މަސްދަޅު ޖަޕާނަށް ފޯރުކޮށްދީފައި. އަޅުގަނޑުމެން އަބަދުވެސް މި އެކުވެރިކަން ހަނދާނުގައި ހުންނާނެ،" ޝުންސުކެއި ވިދާޅުވި އެވެ.

ޖަޕާނުން ގާއިމްކޮށްދިން ބޭރު ތޮށި ރަމްޒުކޮށްދޭ މޮނިއުމެންޓު އެންމެ ފުރަތަމަ ބަހައްޓާފައި ހުރީ މާލޭ އަޑި ޕާކުތެރޭގަ އެވެ. އެ މޮނިއުމެންޓު ނަގާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިނަމާލެ ބްރިޖް މަޝްރޫ ހިންގުމަށެވެ.