Advertisement

ލިވިން އެކްސްޕޯ ފަށައިފި

15 ޑިސެންބަރު 2022 - 16:48 1

ލިވިން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ލިވިން އެކްސްޕޯ ފަށައިފި

15 ޑިސެންބަރު 2022 - 16:48 1

އިމާރާތްކުރުމާއި ގޭޔަށް ބޭނުންވާ ސާމާނުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އާންމުން އެއްތަނަކަށް އެއްވެ މައުލޫމާތު ބަދަލުކުރުމުގެ ބޭނުމުގައި ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ ލިވިން އެކްސްޕޯ މިއަދު ފަށައިފި އެވެ.

މި އަހަރު އެގްޒިބިޓާސްގެ ގޮތުގައި 35 ވިޔަފާރިއެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ދިވެހި ކުންފުނިތަކުގެ އިތުރަށް އިންޑިއާ އަދި ލަންކާގެ ކުންފުނިތައް ހިމެނެ އެވެ.

އެކްސްޕޯ ކުރިއަށް ދާނީ މިއަދާއި، މާދަމާ އަދި ހޮނިހިރު ދުވަހު އެއިން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00 އަށެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ލަގްޒާވަން ޓާޓާ ހައުސިން އެވެ. ކޯސްޕޮންސަރުންނަކީ އެޗްޑީސީއާއި، ހައުސިން މިނިސްޓްރީ، އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން އެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެވެ.

އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އެވެ. ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ޕްރިންޓިން ޕާޓްނަރަކީ ޕްރިންޓް ލެބް އެވެ. ކެޓަރިން ޕާޓްނަރަކީ ސިޕްރެސް ކެފޭ އެންޑް ބިސްޓްރޯ އެވެ. ބެވެރެޖް ޕާޓްނަރަކީ ކޯކާކޯލާ އެވެ.

މި އެކްސްޕޯ ބާއްވަން ފެށީ 2013 ގަ އެވެ. މިއީ 13 ވަނަ އެޑިޝަން އެވެ.