Advertisement

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް އެޗްޑީސީއަށް

13 ޑިސެންބަރު 2022 - 17:32 0

Admin

Admin

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް، ކޭމްގެ ސީއީއޯ އިލްޔާސް، އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އާތިފްއާ ހަވާލުކޮށް ދެއްވަނީ. -- ފޮޓޯ: އެޗްޑީސީ


ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް އެޗްޑީސީއަށް

13 ޑިސެންބަރު 2022 - 17:32 0

ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް މިއަދު ދީފި އެވެ.

މިއީ ކޮމިއުނިކޭޝަންސް އޮތޯރިޓީން ދޫކުރި މިފަދަ ފުރަތަމަ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަ ލައިސަންސެވެ. މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗަ ގާއިމު ކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗަ ދޫކުރުމުގެ ހުއްދަ ލިބިދޭނެ އެވެ.

ރަސްމީ ސިފައެއްގައި މިއަދު މި ލައިސަންސް އެޗްޑީސީއަށް ދޫކުރެވުނު ނަމަވެސް، މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭ ގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ މީ ފުރަތަމަ އޯޕަން އެކްސެސް ވިއުގަ ކަމުން، މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ އެ ކޯޕަރޭޝަނަށް ވަނީ މީގެ ކުރިން ދެވިފަ އެވެ. އަދި އެޗްޑީސީއަށް މިއަދު ދިން ރަސްމީ ލައިސަންސް ދޫކުރެވުނީ މި ވިއުގައަށް މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު ލިބި، މި ވިއުގަ މެދުވެރިކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެވެމުން ދާތީކަން ފާހަގަ ކުރަމެވެ.

ލައިސަންސް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން


އެޗްޑީސީން ވަނީ ކާމިޔާބުކަމާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބަ ޓު ދަ ހޯމް) ގެ ހިދުމަތް ދޭންފަށާފަ އެވެ. އަދި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިތަކުން މި ވިއުގަ މެދުވެރިކޮށް ހިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފޯރުކޮށްދޭތާ މިހާރު އަހަރަކަށް ވުރެން ގިނަ ދުވަސް ވެއްޖެ އެވެ. ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އެޗްޑީސީން ދެކޭ ގޮތުގައި މިފަދަ ޒަމާނީ ވިއުގައެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ އެވެ. އަދި މީގެ ސަބަބުން މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ އެވެ.