13 ޑިސެންބަރު 2022 - 09:54 2
އާމިނަތު ނިއުޝާ
ނޮޅިވަރަންފަރު: ކައުންސިލުން ގޮވާލަނީ މި މައްސަލަ ބަލައި ފިޔަވަޅުއެޅުމަށް
13 ޑިސެންބަރު 2022 - 09:54 2
ކައުންސިލްގެ ހުއްދައެއް ނެތި ހދ. ނޮޅިވަރަންފަރު ސަހަރާއަށް ފުލުހުންނާއި އާންމުންގެ ބަޔަކު ވަދެ މަހާނަ ކޮނުނު މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކައުންސިލުން ގޮވާލައިފި އެވެ.
ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުގެ އިންޗާޖާއި އިތުރު ދެ ފުލުހެއްގެ ހާޒިރުގައި އާންމުންގެ ބަޔަކު އެރަށު ސަހަރާއަށް ވަދެ މަހާނައެއް ކޮނުނު މައްސަލަ ވަނީ ހޫނުވެފަ އެވެ. މިކަން ކޮށްފައި ވަނީ ކައުންސިލްގެ ހުއްދައާ ނުލައި ކަމަށް ވާހަކަ ދެކެވެން ފެށުމުން ފުރަތަމަ ފުލުހުން ބުނެފައި ވަނީ މަހާނަ ކޮނެފައި ވަނީ "ކައުންސިލްގެ އެހީތެރިކަމާއި އެކު" ކަމަށެވެ.
ނަމަވެސް، ކައުންސިލުން އެކަން ތަކުރާރުކޮށް ދޮގުކުރުމުން ފުލުހުން ވަނީ އެކަން ކޮށްފައި ވަނީ ކައުންސިލަށް ހުށަހެޅުމަށް ފަހު ކަމަށް ބުނެފަ އެވެ.
މި މައްސަލާގައި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަހާނަކޮނުމުގެ ހުއްދައަށް އަނގަބަހުން ފުލުހުން އެދުނު ކަމަށެވެ. ނަމަވެސް، އިސްލާމިކް މިނިސްޓްރީން އެކަމުގެ ލަފައަކަށް އެދުމުން ބުނީ ޝަރުއީ ރުގްޔާގައި މަހާނަ ކޮނުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި، އެކަމުގެ ހުއްދަ ނުދިނުމަށް ކަމަށް ކައުންސިލުން ބުނެފަ އެވެ.
"ނޮޅިވަރަންފަރު ސަހަރާއަށް މި ކައުންސިލުގެ ހުއްދަ ނެތި ވަދެ، ކޮނެ ހިންގި އަމަލު މިކައުންސިލުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި ގާނޫނުތައް ނަގަހައްޓާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެގެން ހުރި ފުލުހުންގެ މުއައްސަސާއިން މިފަދަ އަމަލުތައް ހިންގުމަށް އެއްބާރުލުންދޭ ދިނުން ކުއްވެރިކޮށް އަދި މީޑިއާތަކަށް މި ކައުންސިލް ބަދުނާމުކޮށް ފުލުހުން ދީފައިވާ މައުލޫމާތު ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ." ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ވަނީ ފުލުހުން ހިންގި އެ އަމަލަކީ "ލާމަރުކަޒީ ގާނޫނު"ގެ ދަށުން އެ ކައުންސިލަށް ލިބިދީފައިވާ ބާރުތަކަށް އަރައިގަތުން ކަމަށެވެ.
"މިކަން ހިނގާ ދިޔަ ގޮތް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މި ކައުންސިލުން ގޮވާލަން" ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަދަދު"އަށް އެނގިފައިވާ ގޮތުގާ އެރަށުގައި ރުގްޔާގެ ނަމުގާ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ އެއަތޮޅު ނޮޅިވަރަމު ބަޔަކާ ރަށުގެ ބައެއް މީހުން ގުޅިގެންނެވެ. ކައުންސިލުން ހިއްސާކުރި ގޮތުގާ އެކަމުގައި ފުލުހުން ބައިވެރިވީ ފޮރެންސިކް ހެކިތަކެއް ހޯދުމަށް ކަމަށް ބުނެ އެވެ.
ރުގްޔާކުރުން ކަމަށް ބުނެ ދީނުގައިވާ އިމުގެ ބޭރުން ބައެއް ކަންކަން ކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. ރުގްޔާކުރުމުގެ ކުރިން އެކަން ކުރުމުގައި ދީނުގައި އޮންނަ ގޮތް އޮޅުންފިލުވުން މުހިންމެވެ.
50.00%
0.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ޏާއްކޮ
over 2 years ago
އެއްވެސް ރުގްޔާއެއްގަ މަހާނަ ކޮނުމެއް ނޯންނާނެ. މަރުވެފައިވާ ހައްޓަކީ ދީނުގަ ހުރުމަތްތެރި އެއްޗެއް، އެޔަށް ގެއްލުން ލިބޭ ގޮތަކަށް އެއްވެސް ކަމެއް ކުރުން ހުއްދައެއް ނުވާނެ. ތި ކޮނުނީ ސިހުރު ހަދަން ކަމަށް ބެލެވެނީ
އެލްނީނޯ
over 2 years ago
ކައުންސިލުން ތިއުޅެނީ ބޮޑު ޑްރާމާއެއް ޖައްސާ އެހެން ބައެއްގެ ބޮލަށް ތިކަން ކަނޑާލަން...
Comment