Advertisement

ފައިސަލް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި، އައިސީޔޫގައި ފަރުވާދެނީ

12 ޑިސެންބަރު 2022 - 19:29 1

ނާޒިމް ހަސަން

ނ

Advertisement

ފައިސަލް: ދަންޖެހިގެން މަރުވާން ފައިސަލް ވަނީ މަސައްކަތްކޮށްފައި


ފައިސަލް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި، އައިސީޔޫގައި ފަރުވާދެނީ

12 ޑިސެންބަރު 2022 - 19:29 1

Advertisement

Advertisement

ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ފުލުހުންގެ ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި އޭނާ ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި ދަން ޖެހެން މަސައްކަތްކޮށްފައިވަނީ މިރޭ 11:15 ހާއިރު އެވެ.

Advertisement

ސޯޝަލް މީޑިއާގައި އޭނާ ދަންޖެހިގެން މަރުވެއްޖެ ކަމަށް ވާހަކަ ފެތުރިފައިވީ ނަމަވެސް, ފުލުހުން ބުނި ގޮތުގައި އޭނާއަށް މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގެންދަނީ ފަރުވާދެމުންނެވެ.

"ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނިފައިވޭ, ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އައިސީޔޫގައި ފައިސަލަށް ދަނީ ފަރުވާދެމުން," އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން, އެޗްއާރްސީއެމް އައި އެންއައިސީއަށް ހުށަހަޅައިގެން ދަނީ ބަލަމުންނެވެ.

Advertisement

ނޮޅިވަރަމް, ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، މަރުވެފައި އޮތްވާ ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކަން ހިނގާފައިވަނިކޮށް ކައިރީގައި އޮތް ކުޅުދުއްފުއްޓަށް ގޮސް, ފުލުހާ އަމިއްލައަށް ފައިސަލް ހަވާލުވީ އެވެ.

ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެ އެވެ.

ނިޝާމާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު, މިހާތަނަށް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް, ފައިސަލްގެ އަނިޔާގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އޭނާއާ ގުޅޭ ގޮތުން 2015 ވަނަ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދި, އޭނާގެ އެންމެ ފުރަތަމަ އަނބިމީހާ ވެސް ވަނީ އެތައް އަނިޔާއެއް ފައިސަލްގެ ފަރާތުން ލިބުނު ކަމަށް ބުނެ, މި ނޫހާ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މަރިޔަމް މޫސާ

over 2 years ago

އަމިއްލައަށް މަރުވީމާ މަރުވާ ވާހަކަ ދައްކަނީ... ހަޤީޤަތަކީ ދިވެހިރާއްޖޭގައި މީހަކު ކުށެއްގެ ތުހުމަތަށް ބަންދުކުރެވޭއިރަށް އެމީހަކީ ކުށްވެރިއަކަށް ހަދާ... ދެން ހެޔޮ އެމީހަކު އަސްލު އެކަން ނުކޮށް އޮވެގެން ޝަރީއަތުން ސަލާމަތްވިއަސް އެމީހަކަށް ސަލާމަތެއް ނެތް. ފާޑުފާޑުގެ މީމްސް އާއި ޕޯސްޓުހަދާ އެމީހަކަށް ގަނާކުރުމުގައި މުޅި ހަތަރުދަން ދުއްވާލަނީ... މިސާލަކަށް އަލަމްގިރި މައްސަލަ...