Advertisement

މިފްކޯގެ އާ ދެ އުފެއްދުމެއް ތައާރަފުކޮށްފި

12 ޑިސެންބަރު 2022 - 07:02 0

މިފްކޯގެ އާ ދެ އުފެއްދުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފުކޮށް ދެއްވަނީ. -- ފޮޓޯ: މިފްކޯ


މިފްކޯގެ އާ ދެ އުފެއްދުމެއް ތައާރަފުކޮށްފި

12 ޑިސެންބަރު 2022 - 07:02 0

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިފްކޯގެ ފަސްމީރު ބްރޭންޑު މަސްދަޅުގެ އާ ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ.

އެއީ ލޮނުމެދު މަސްދަޅާއި ވަޅޯމަސް ދަޅެވެ. ލޮނުމެދު މަސްދަޅަކީ ގިތެޔޮމިރުސް މަސްދަޅާއި ހިކިމިރުސް މަސްދަޅެކޭ އެއް ގޮތަށް މަސްދަޅުގައި ލޮނުމެދު ހިމަނައިގެން އުފައްދާފައިވާ ރަހަމީރު އުފެއްދުމެކެވެ. ބަތާއެކު މޮޑެގެންކާން ވެސް މީރު، އަދި ޕާސްތާ އާއި ނޫޑްލްސް ކައްކާލުމަށް ވެސް ބޭނުން ކޮށްލެވޭނެ އެވެ.

މިފްކޯއިން ތައާރަފުކުރި ވަޅޯމަސް ދަޅު


މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި ބޭއްވި އެކްސްޕޯގައި މި ދެ އުފެއްދުމުގެ ރަހަ ބަލާލުމުގެ ފުރުސަތު އޮތްއިރު، އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މިފްކޯއިން ބުނެ އެވެ.

"މިހާރު މިފްކޯއިން އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އެންމެ މީރީ ލޮނުމެދު މަސްދަޅު ކަމަށް ވެސް ގިނަބަޔަކު ބުނި،" އެ ކުންފުނިން ބުންޏެވެ.

ވަޅޯމަސް ދަޅުގައި ބަންދުކޮށްފައި ވަނީ ޒައިތޫނިތެލާއެކު އެވެ.

މިފްކޯގެ އަމާޒަކީ މަހުގެ އުފެއްދުންތައް ދިވެހިވަންތަ ގޮތެއްގައި ބާޒާރަށް ތަޢާރަފު ކުރުމެވެ. މިގޮތުން ފަސްމީރު ބްރޭންޑުގެ މި ދެމަސްދަޅަކީ ވެސް ދުނިޔެ ގަބޫލުކުރާ މިންގަނޑުގެ ފެލިވަރު ކޭނަރީގައި އުފައްދައި ރަނގަޅު އަގެއްގައި ގެނެސްދޭ ޕްރިމިއަމް ދެ އުފެއްދުން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.