11 ޑިސެންބަރު 2022 - 19:27 1
ފަރެސްމާތޮޑާ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ---
11 ޑިސެންބަރު 2022 - 19:27 1
މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް އަންނަ އަހަރު މެދުތެރޭގައި ހައްލުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ފަރެސްމާތޮޑާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ވަނީ އެ ރަށުގެ މަސްވެރިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވާފަ އެވެ.
މި ބައްދަލުވުމުގައި މަސްވެރިން ވަނީ މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުމުގެ ދަތިތައް ފާހަގަކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ބޮޑެތި މައްސަލަތައް "އަންނަ އަހަރުގެ މެދަކާ ހަމައަށް" ހައްލުވެގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްވެރި އުޅަނދު ފަހަރު ތަރައްގީވެގެން އައި މިންވަރަށް ސަރުކާރުން މަސްވެރިކަން ތަރައްގީކުރުމަށް މަސައްކަތް ކޮށްފައިނުވުމެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Comment