Advertisement

ޗޮކުލެޓުގެ ރަހަ ބަލާލުމުގެ ފުރުސަތު މިއަދު ހަވީރު މާލޭގައި

10 ޑިސެންބަރު 2022 - 16:17 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވިލާ މާޓުން މީގެ ކުރިން މާލޭގައި ކުރިއަށް ގެންދިޔަ ހިލޭ ރަހަ ބަލާލުމުގެ ހަރަކާތެއް -- ފޮޓޯ: ވިލާ މާޓު


ޗޮކުލެޓުގެ ރަހަ ބަލާލުމުގެ ފުރުސަތު މިއަދު ހަވީރު މާލޭގައި

10 ޑިސެންބަރު 2022 - 16:17 0

ވިލާ މާޓުން ވިއްކާ ޓޯނީސް ޗޮކޮލޯންލީ ބުރޭންޑުގެ ޗޮކުލެޓުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް މި ހަރަކާތް ކުރިއަށް ދާނީ ރެހެންދި ހިނގުމުގައި ހުންނަ ވިލާ މާޓު ތިނެއް ކުރިމަތީގަ އެވެ. އެ ފިހާރަ ހުންނަނީ ޕީއެސްއެމްގެ ކުރިމަތިންނެވެ.

ވިލާ މާޓުން ބުނީ މި ހަރަކާތް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޓޯނީސް ޗޮކޮލޯންލީގެ ތަފާތު ވައްތަރުތަކުގެ މީރު ރަހަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމާއި އެ ޕްރޮޑަކްޓު އާންމުންގެ މެދުގައި މަގުބޫލު ކުރުން ކަމަށެވެ. އޭގެތެރޭގައި މިލްކު ޗޮކުލެޓާއި ޑާކު ޗޮކުލެޓާއި ޗޮކުލެޓު މިލްކު ހެޒުލްނަޓާއި ޗޮކުލެޓު އާމަންދު އެންޑު ހަނީގެ އިތުރުން ޗޮކޮލެޓު ވައިޓު ރާސްޕުބެރީ އެންޑު ކެރެމަލް ސީ ސޯލްޓު ހިމެނެ އެވެ.

ޓޯނީސް ޗޮކޮލޯންލީގެ ޗޮކުލެޓު. ވިލާ މާތުގެ ހުރިހާ ފިހާރައަކުން މި ބުރޭންޑުގެ ޗޮކުލެޓު ލިބޭނެ -- ފޮޓޯ: ވިލާ މާޓު


ޓޯނީސް ޗޮކޮލޯންލީ އަކީ ނެދަލޭންޑްސްގެ މަޝްހޫރު ބުރޭންޑެކެވެ. ކޮކޯ ބީންސްގެ ބޭނުން ތަފާތު ގޮތްގޮތަށް ކުރެވޭނެކަން ސާބިތުކޮށްދިން މި ކުންފުނި އުފެދިގެން އައީ ދެހާސް ފަސްވަނަ ވަނަ އަހަރު އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ނެދަލޭންޑްސްގެ ވިޔަފާރި މައިދާނުގައި އެންމެ ބޮޑު އެއް ނަމަކަށް އެ ބުރޭންޑުގެ ނަން ވެގެންދިޔަ އެވެ. އެފްރިކާގެ ދަނޑުތަކުން ބޮޑު އަގު ދީފައި ކޮކޯ ގަނެ، ނެދަލޭންޑްސްއަށް އެތެރެކޮށްގެން ތައްޔާރު ކުރާ މި ބުރޭންޑުގެ ގިނަ ވައްތަރުތައް ވިލާ މާޓުގެ ފިހާރަތަކުން ލިބެން ހުރެ އެވެ.

ވިލާ މާތުން ވިއްކާ އެކިއެކި ބުރޭންޑުތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ދިނުމުގެ ގޮތުން ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް އެ ފިހާރައިން ހިންގަ އެވެ. މީގެ ކުރިން އެ ފިހާރައިން ވަނީ ގާޑެންސް ބުރޭންޑާއި އަލްމަރާއީ ބުރޭންޑުގެ ރަހަ ދައްކާލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އޭގެއިތުރުން ވަރަށް ފަހުން އެ ފިހާރައިން ވަނީ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފަ އެވެ.

މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑުކަޕާ ގުޅުވައިގެން ވިލާ މާޓުން ކުރިއަށް ގެންދާ މަވެސް ބަލަން ޕްރޮމޯޝަނުގެ ދަށުން ޓޯނީސް ޗޮކޮލޯންލީގެ އުފެއްދުންތަކާއި ގާޑެން ބުރޭންޑުގެ ޖޭމުން 10 ޕަސެންޓު ޑިސްކައުންޓު ވެސް އެ ފިހާރައިން ދެމުންދެ އެވެ.

ވިލާ މާާޓުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ އެ ފިހާރައިގެ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ އެކަންކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.