Advertisement

ކަލިނަރީ ވޯލްޑުކަޕުގެ ފަސް ރަން މެޑަލް ރާއްޖެއަށް ލިބިއްޖެ

10 ޑިސެންބަރު 2022 - 10:31 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކަލިނަރީ ވޯލްޑްކަޕްގައި ބައިވެރިވި ހެރިޓެންސް އާރަށް؛ މި މުބާރާތުގައި ރާއްޖެއަށް ޖުމްލަ 13 މެޑަލެއް ލިބުނު -- ފޮޓޯ: ހެރިޓެންސް އާރަށް (ފޭސްބުކް)


ކަލިނަރީ ވޯލްޑުކަޕުގެ ފަސް ރަން މެޑަލް ރާއްޖެއަށް ލިބިއްޖެ

10 ޑިސެންބަރު 2022 - 10:31 0

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "ކަލިނަރީ ވޯލްޑްކަޕް 2022" އިން ރާއްޖެއަށް ފަސް ރަން މެޑަލް ކާމިޔާބުކޮށްފި އެވެ.

މިއަހަރުގެ ކަލިނަރީ ވޯލްޑްކަޕްގައި ބައިވެރިވި ހެރިޓެންސް އާރަށް މޯލްޑިވްސް ރިސޯޓުން ދިޔަ ޓީމު ވަނީ ގިނަ މެޑަލްތަކަކާ އެކު މިހާރު ރާއްޖެ އަތުވެފައެވެ. މި މުބާރާތް ބާއްވަމުން އަންނަނީ ކޮންމެ ހަތަރު އަހަރުން އެއްއަހަރު ލަގްޒަމްބާގްގަ އެވެ. މިއީ މުޅި ދުނިޔޭގައި ވެސް ބޭއްވޭ އެންމެ ބޮޑު ކެއްކުމުގެ މުބާރާތެވެ.

އެ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމުން ވަނީ ފަސް ގޯލްޑް، ހަތަރު ރިހި މެޑަލް އަދި ހަތަރު ބްރޯންޒް މެޑަލް ކާމިޔާބު ކޮށްފަ އެވެ.

އެ މުބާރާތުގައި ހެރިޓެންސް އާރަށް މޯލްޑިވްސްގެ ހަތް ޝެފުން ރާއްޖެ ތަމްސީލްކޮށްފައިވާއިރު، މުބާރާތުގެ ތިން ބުރުގައި 15 ޓީމަކާ ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އެކި ޝެފުން ވަނީ ދުނިޔޭގެ ފެންވަރުގެ ކަލިނަރީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާ ތަނަކަށް ވާއިރު މިފަދަ ކާމިޔާބީތަކަކީ އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމަށް ވެސް ކުރިއެރުން ލިބޭނެ ކަމެކެވެ.

ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ ގައުމެކެވެ.