Advertisement

މީމު އަތޮޅުން ޕާކިސްތާނަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

10 ޑިސެންބަރު 2022 - 06:52 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ދެ ލައްކަ ރުފިޔާގެ ޗެކް ޕާކިސްތާނުގެ އެކްޓިން ހައިކޮމިޝަނަރު ޒުލްޤަރުނައިން އަހުމަދާ އިއްޔެ ހަވާލުކުރަނީ. -- ފޮޓޯ: މ. އަތޮޅު ކައުންސިލް


މީމު އަތޮޅުން ޕާކިސްތާނަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

10 ޑިސެންބަރު 2022 - 06:52 0

ޕާކިސްތާނުގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ މީހުންނަށް މ. އަތޮޅުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެ ފައިސާ ހޯދީ މ. އަތޮޅުގެ ރަށްރަށުން އަދި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންންނެވެ. އެ ފައިސާއަށް ދެ ލައްކަ ރުފިޔާ ހަމަކުރީ އަތޮޅު ކައުންސިލްގެ ބަޖެޓުން އެހީގެ ގޮތުގައި ދިން 13025ރ. ހިމަނައިގެން ކަމަށް އެ ކައުންސިލުން ބުނެ އެވެ.

މ. އަތޮޅުގެ އެހީ ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނާ ހަވާލުކުރީ އިއްޔެ އެ އޮފީހުގައި ބޭއްވި ހަފުލާއެއްގަ އެވެ. ދެ ލައްކަ ރުފިޔާގެ ޗެކް ޕާކިސްތާނުގެ އެކްޓިން ހައިކޮމިޝަނަރު ޒުލްޤަރުނައިން އަހުމަދާއި ހަވާލުކޮށް ދެއްވީ މ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

ޕާކިސްތާނުގެ އެކްޓިން ހައި ކޮމިޝަނަރު ވިދާޅުވީ އިގުތިސޯދީ ގޮތުން ރާއްޖެއަށް މިދަތި ވަގުތުގައި ވެސް، ވެދެމުން އަންނަ އެހީން ދޭހަ ވަނީ ދިވެހިންގެ ހިތުގައި ޕާކިސްތާނުގެ ރައްޔިތުންނަށް އޮތް މަތިވެރި ލޯބި ކަމަށެވެ.

ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަކީ މ. އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންނަށް ލިބޭ ވަރަށް މަތިވެރި އުފަލެއް ކަމަށް ނިމާލު ވިދާޅުވި އެވެ.

ޕާކިސްތާނުގެ އެހީގައި މ. މުލީގައި ކޮމިއުނިޓީ ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދެ އެވެ.

މި އަހަރުގެ މެދުތެރޭގައި ޕާކިސްތާނަށް ބޯހެއް ވާރޭ ވެހި ފެންބޮޑުވުމުން ލިބުނު ގެއްލުން 10 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުން ބުނެ އެވެ. ފެންބޮޑުވުމުގެ އެ ހާދިސާގައި ގިނަ ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކަށް އަސަރުކުރި އެވެ.