9 ޑިސެންބަރު 2022 - 15:14 0
ފައިނާނުގެ ދަށް ފުށް ކަފާލައިގެން ވައްދަން މަސައްކަތްކުރި ފޯނާއި ޗާޖަރު--
9 ޑިސެންބަރު 2022 - 15:14 0
ފައިވާނުގެ ދަށްފުށް ކަފާލައިގެން، ފައިވާނުގެ ތެރޭގައި ފޮރުވައިގެން ޖަލަށް ފޯނެއް ވައްދަން މަސައްކަތް ކުރަނިކޮށް ގައިދީއަކު އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވީ މިކަން ހިނގާފައިވަނީ ބަންދު ޖެހުމަށް ކޯޓަށް ގެންދިއުމަށް ފަހު، އަނބުރާ ގެނައިރު އެހެން މީހަކާ ފައިވާން ބަދަލުކޮށްގެން ކަމަށެވެ.
ފައިވާނުގެ ދަށްފުށުގައި ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރައްކާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަލަށް މަނާ ތަކެތި ވެއްދުން އާންމުވެފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ސިފައިންނާއި ފުލުހުން ވަނީ މިކަން ހުއްޓުވުމަށް ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތިވެސް ފެނިފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 998 މައްސަލައެއްގައި 23 މިލިއަނެއްހާ ރުފިޔާގެ ފޭރިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހޯމަ ދުވަހު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ހިންގާ ސްކޭމް ކޯލްތައް މަދުކުރުމާ ގުޅޭ ގޮތުން ކަމާ ގުޅޭ އޮފީސްތަކަށް ބޭއްވި ވޯކްޝޮޕްގައި ހަމީދު ވިދާޅުވީ ސްކޭމް ކޯލުތައް ހުއްޓުވުމުގެ ގޮތުން 590 ސިމް ކާޑެއް ޑިސްކަނެކްޓުކޮށް، 532 އައިއެމްއީއައި ނަމްބަރެއް ބްލެކްލިސްޓު ކުރުމުގެ އިތުރުން 10 އައިޕީ އެޑްރެހެއް ބްލޮކް ކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީ ޖަލުގައި ތިބޭ ގައިދީން ކަމަށް ވެސް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment