Advertisement

ދަރިމައިނުވުމުގެ ބަލީގެ ހާއްސަ ޑޮކްޓަރެއް ޕާލް މެޑިކަލް ސެންޓަރަށް

13 ޑިސެންބަރު 2022 - 12:28 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ޕާލް މެޑިކަލް ސެންޓަރު. ތަފާތު ބަލިތަކަށް ހާއްސަ ޑޮކްޓަރުން އެ ކުލިނިކަށް ޒިޔާރަތް ކުރޭ -- ފޮޓޯ: ފައިލް


ދަރިމައިނުވުމުގެ ބަލީގެ ހާއްސަ ޑޮކްޓަރެއް ޕާލް މެޑިކަލް ސެންޓަރަށް

13 ޑިސެންބަރު 2022 - 12:28 0

ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ކުރުމަށް އިންޑިއާގައި މަޝްހޫރު ބްލޫމްސް ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ޑރ. ކަވީތާ ގޯތަމް ޕާލް މެޑިކަލް ސެންޓަރުގައި ބަލި މީހުން ބަލައި ފަރުވާ ދިނުމުގެ ޒިޔާރަތެއް ކުރަން ނިންމައިފި އެވެ.


އޭނާ އެ ކްލިނިކުގައި ބަލި މީހުން ބަލާނީ މިމަހުގެ 21، އަދި 22، މި ދެ ދުވަހު އެވެ. މިއީ ޑރ. ކަވީތާ ރާއްޖެއަށް ޒިޔާރަތް ކުރާ ފަސް ވަނަ ފަހަރެވެ. މިއީ ބަލި މީހުން ބެލުމަށް ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ކޮވިޑުގެ ސަބަބުން މެދުކަނޑާލުމަށް ފަހު އޭނާ ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

އޭނާ ބަލައި ފަރުވާދޭ ބަލިތައް:

  • ދަރިމައިވުމާ ބެހޭ މައްސަލަތައް
  • ބައިގެންދިޔުން ފަދަ އަންހެނުންގެ ތަފާތު ބަލިތައް
  • އޯވަރީއާއި ރަހިމުގެ ބަލިތައް
  • މަސްވަރުގެ ކަންތައް ނުޖެހުމާއި އެކަން ދިގުލައިގެން ދިޔުން
  • އަންހެނުންގެ ހާއްސަ ބަލިތައް
  • ސްކޭން ކުރުން

ޕާލް މެޑިކަލް ސެންޓަރުން ބުނީ މި ދަތުރަށް ފަހު ކޮންމެ ތިން މަހަކުން ކަހަލަ ގޮތަކަށް އޭނާ ރާއްޖެއަށް ޒިޔާރަތްކޮށް ބަލި މީހުން ބަލާނެ ކަމަށެވެ. ޕާލް މެޑިކަލް ސެންޓަރުން ކުޑަކުދިންނަށް ހާއްސަ ބަލިތަކާއި ކަށީގެ ބަލިތަކާއި އަންހެނުންގެ ހާއްސަ ބަލިތަކުގެ އިތުރުން ވެސް ތަފާތު ބަލިތަކަށް ފަރުވާދެމުންދެ އެވެ.