4 ޑިސެންބަރު 2022 - 13:07 0
އާމިނަތު ނިއުޝާ
4 ޑިސެންބަރު 2022 - 13:07 0
އެއްފައި މަތީގައި ހުރެ ފުޓްބޯޅަކުޅޭ މަންޒަރު ފެންނަ ވީޑިއޯއަކާއެކު މީސް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަހުމަދު ޝަވަން އަށް މަސްނޫއީ ފައެއް ހަދިޔާކޮށް، އިންޑިއާއަށް ފަރިތަކުރުމަށް ފޮނުވަން ނިންމާފައިވާކަން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްއިން ބުނެފި އެވެ.
ޝަވަން 7، އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ނިސްބަތްވާ ހދ. މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެނި އެވެ. އެންމެ ފަޔަކާއި އެކުވެސް ޝަވަންގެ ހުނަރު ފެނި ގިނަ ބަޔަކު އާޝޯހުވި އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަންއަށް ރަނިން ބްލޭޑް (މަސްނޫއީ ފައެއް) ހަމަޖައްސައިދެވުމުން ކަމަށެވެ.
ޝަވަން ވެގެންދާނީ މަސްނޫއީ ފަޔާއިއެކު ދުވާ ރާއްޖޭގެ ފުރަތަމަ އެތުލީޓަށް ކަމަށާއި، ދެން އޮތީ އިންޑިއާގައި ފަރިތަކުރުން ކަމަށް މިނިސްޓަރ މަހްލޫފްގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ޝަވަންއަކީ އުފަންވީއިރު ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ޝަވަން އުފަންވިއިރު އޭނާގެ ކަނާތު ފައިގެ ފަލަމަސްގަނޑުން ތިރިއެއް ނެތެވެ. އަދި ވާތު ފައިގެ ބައެއް އިނގިލިތައް ހުރީ ވަކިނުވެއެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment