Advertisement

މާލެއާއި ކުޑަގިރިއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ

2 ޑިސެންބަރު 2022 - 13:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކ. ގުޑަގިރީގައި ސަރުކާރުން ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


މާލެއާއި ކުޑަގިރިއާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަނީ

2 ޑިސެންބަރު 2022 - 13:40 0

ކ. ގުޑަގިރީގައި ސަރުކާރުން ތަރައްގީކުރާ ޕިކްނިކް އައިލެންޑާއި މާލެ އާ ދެމެދު ފެރީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ އަދި ހިދުމަތް ދިނުމަށް އެކަށޭނަ ވަސީލަތްތައް ހުރި ފަރާތްތަކުން 'އެކްސްޕްރެޝަން އޮފް އިންޓެރެސްޓް" (އީއޯއައި) ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އީއޯއައި ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހު ހަތް ވަނަ ދުވަހުގެ 11:00 އެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނެފައިވާ ގޮތުން ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވަނީ 50-70 މީހުންގެ ޖާގައިގެ ދެ ފެރީ އަދި 80-100 މީހުންގެ ޖާގައިގެ ދެ ފެރީ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ ފެރީގެ ހިދުމަތް ދޭނެ ތާވަލެއްވެސް އާންމުކޮށްފަ އެވެ. އެގޮތުން މާލެއިން ކުޑަގިރިއަށް ހެދުނު 6:30، 6:50، އަދި 7:00 ގައި ފެރީ އޮންނައިރު، ކުޑަގިރިއިން މާލެއަށް ފެރީ އޮންނާނީ ހަވީރު 5:20، 5:40، އަދި 6:00 ގަ އެވެ.

ނަމަވެސް ހިދުމަތް ދޭން ފެށުމާއެކު މި ތާވަލަށް ބަދަލު އައުން އެކަށީގެންވާކަމަށް އެޗްޑީސީއިން ބުނެ އެވެ.