Advertisement

ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ކަމަށް އޭނާ ވިދާޅުވެއްޖެ

1 ޑިސެންބަރު 2022 - 12:27 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރު މަހާޒް އަލީ ޒާހިރު؛ އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ


ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ކަމަށް އޭނާ ވިދާޅުވެއްޖެ

1 ޑިސެންބަރު 2022 - 12:27 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައިވާކަމުގެ ހަބަރު ލިބިފައިވާ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވެއްޖެ އެވެ.

"ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ" ނަމުގައި އޮންނަ ފަނޑިޔާރުން ތިބޭ ވައިބާ ގްރޫޕަކަށް ފަނޑިޔާރު މަހާޒު ރޭ ފޮނުއްވި މެސެޖެއްގައި ވަނީ އޭނާ ސުލޫކާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" މަހާޒު ލިޔުއްވާފައިވެ އެވެ.

ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު މީގެ ކުރިން ވެސް އަދާ ކުރެއްވީ ފަރުވާތެރިކަމާއެކު ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމާ ހަވާލުވުމަށް ފަހު ވެސް އެންމެ ފަރުވާތެރިކަމާއެކު ހުންނެވި ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރު ކަމުގައި ނިންމި ހުރިހާ ނިންމުމަކަށް، ނިންމުމެއްގައި ހިމެނޭ ކޮންމެ އަކުރަކަށް، ފިއްޔަކަށް، ވަކިވަކިން ފުރިހަމައަށް ޒިންމާ ނަގަން،" މަހާޒު ފޮނުއްވި މެސެޖްގައިވެ އެވެ.

މި ކަމާ ގުޅޭ ގޮތުން ޖޭއެސްސީގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެ އެވެ. އެހެންވެ ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

މީގެ ކުރިން މަހާޒް ޑްރަގް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި އޭނާގެ ބްލޮގުގައި ލިޔުއްވި ލިޔުމަކާ ގުޅޭ މައްސަލައެއް މީގެ ކުރިން ވަނީ ޖޭއެސްސީން ބަލައިފަ އެވެ.