Advertisement

100 މިލިއަން ޑޮލަރުގެ ލޯނު ދިނުމުން ނަޝީދުގެ ޝުކުރު އިންޑިއާއަށް

29 ނޮވެންބަރު 2022 - 21:55 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ލޯނު ދިނުމުން އިންޑިއާއަށް ވަނީ ޝުކުރު އަދާކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


100 މިލިއަން ޑޮލަރުގެ ލޯނު ދިނުމުން ނަޝީދުގެ ޝުކުރު އިންޑިއާއަށް

29 ނޮވެންބަރު 2022 - 21:55 0

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓްގެ ގޮތުގައި ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާދީފައި ވަނީ، ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) މެދުވެރުކޮށް ރާއްޖޭގެ ޓްރެޒަރީ ބޮންޑު ގަނެގެންނެވެ. އެކަމަށްޓަކައި އިންޑިއާއިން ވަނީ އެސްބީއައި އަށް ސޮވެރެއިން ގެރެންޓީ ދީފަ އެވެ.

ބަޖެޓު ސަޕޯޓަށް 100 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގަތީ މި އަހަރުގެ އޯގަސްޓްގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި މަޝްވަރާތަކުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ބަޖެޓް ސަޕޯޓަށް 100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާ ނުލައި، ދިވެހި ސަރުކާރުން އިސްކަން ދޭ ގޮތަކަށް އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ.

އިންޑިއާއަށް ޝުކުރު އަދާކުރައްވައި ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއީ ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ހައްލެއް ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާ ބަޖެޓެއް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، ބަޖެޓާއި ދައުލަތުގެ ދަރަންޏާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ނަޝީދުގެ ވެސް ހުއްޓެވެ.

ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު 9.2 ޕަސެންޓުން އިތުރުވެ، ޖުމްލަ ދަރަނި 101 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.