Advertisement

ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ

28 ނޮވެންބަރު 2022 - 19:06 0

ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާން ރޯވެފައ: މިހާރު އެ ސަރަހައްދަށް ސިފައިން ދަނީ ދަތުރު ކުރަމުން -- ފޮޓޯ: އިނާޒު


ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ

28 ނޮވެންބަރު 2022 - 19:06 0

ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ވިލުފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީނު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަލިފާން ރޯވީ ގާތްގަނޑަކަށް އިރު އޮއްސި 6:15 ހާއިރު ކަމަށެވެ.

"ބަނދަރު މައްޗަށް ނުކުތްއިރު އޭގެ ތެރެއިން އެއްޗެހި ގޮވާ ގޮވަމުންދާ އަޑުވެސް އިވޭ. އެއީ އެކެއްގެ ދެ ބޯޓު. ދެ ބޯޓު ވެސް އޮތީ ކައިރި ކައިރީގައި އަޅާފައި. ދެ ބޯޓުގައި ވެސް ހުރީ އަލިފާން ގަދައަށް ހިފާފައި،" ޖަބީނު ވިދާޅުވި އެވެ.

ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި އަލިފާން ރޯވެފައި. -- ފޮޓޯ: އިނާޒު


އަލިފާން ނިއްވާލުމަށް ގާތްގަނޑަކަށް ދޮޅުގަޑިއިރު ނެގި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ލަކުޑި އެ ދެ ބޯޓުގައި ވެސް ތެޔޮ ހުރީ ބަރުކޮށްފައި ކަމަށެވެ. އެއިން ކޮންމެ ބޯޓެއްގައި ގާތްގަނޑަކަށް 50،000 ލީޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭގައި ހުރީ ކިހާ އަދަދެއްގެ ތެލެއްކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އަލިފާން ރޯވި ސަބަބެއް ނޭނގޭ ކަމަށާއި ރޯވ ދެ ބޯޓުގެ ބޮޑު ބައެއް އަނދާފައިވާ ކަމަށް އޭނާ ބުންޏެވެ.