Advertisement

ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ 10 މިލިއަން ނަގައިދޭން ދައުވާކޮށްފި

28 ނޮވެންބަރު 2022 - 13:59 1

ނިމާ ހަސަން

ނިމާ ހަސަން

މަވޯޓާ ޝަރީފު؛ އޭނައާ ދެކޮޅަށް ރައީސް ނަޝީދު ވަނީ ދައުވާކޮށްފައި


ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ 10 މިލިއަން ނަގައިދޭން ދައުވާކޮށްފި

28 ނޮވެންބަރު 2022 - 13:59 1

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ، އޭނާގެ މައްޗަށް ދައުވާކޮށްފި އެވެ.

މި މައްސަލާގައި ނަޝީދު ތަމްސީލުކުރާ ވަކީލުން ބުނީ، ނަޝީދު ގަތުލުއާންމެއް ހިންގަން އުޅުނު ކަމަށް ބުނެ ޝަރީފް ވަނީ އެމަނިކުފާނުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ޓްވީޓުކޮށްފައި ކަމަށެވެ. އެހެންކަމުން އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ނަޝީދުގެ ފަރާތުން މިއަދު ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ފަރަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނީ، ޝަރީފުގެ ޓްވީޓުގެ ސަބަބުން ނަޝީދަށް ލިބުނު މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ.

ތަފްސީލު ހާމަކުރަމުން ވަކީލުންގެ ބަޔާނުގައި ބުނީ، ޝަރީފުގެ ޓްވީޓުގައި ބުނީ ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށް 50 މީހަކު މަރާލައިގެން އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ.

އަދި، އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓްރީ ގްރޫޕުން ގަރާރެއް ފާސްކުރި ކަމަށެވެ. ހަމައެއާއެކު ނަޝީދު 50 މީހުން މަރާލަން އުޅުނީ ނޫސްވެރިންގެ ގޮތުގައި ރާއްޖެއަށް ކުލީ ސިފައިން ގެނެސް، އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރޭގައި ކަމަށް ވެސް ޝަރީފުގެ ޓްވީޓާ ހަވާލާދީ އެ ބަޔާނުގައި ވެއެވެ.

މި ތުހުމަތުތައް ދޮގުކުރައްވާ، ޝަރީފުގެ މައްޗަށް ދައުވާކުރަން ނަޝީދު ފޮނުއްވާފައިވާއިރު، ޝަރީފުގެ ވަނީ އެ ޓްވީޓު މިހާރު ޑިލީޓުކޮށްފަ އެވެ.