28 ނޮވެންބަރު 2022 - 14:08 1
އައިޝަތު ނުޒުހާ
ދަތުރުވެރިންގެ މާރުކޭޓުގައި ހުންނަ ގޮޅިއަކުން މީހަަކަށް ޕްލާސްޓިކް ކޮތަޅެއް ދިއްކޮށްލަނީ: ޕްލާސްޓިކު ކޮތަޅުން ފައިސާ ނެގިޔަސް ބައެއް ހާލަތްތަކުގައި މި ފައިސާ ނެގުން އިސްތިސްނާ ވާނެ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު
28 ނޮވެންބަރު 2022 - 14:08 1
ވިޔަފާރި ކުރުމުން ފިހާރަތަކުން ދޫކުރާ ސިންގަލް-ޔޫސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނެގުމަށް މަޖުބޫރުކޮށް، ކުނި މެނޭޖު ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ބިލުގައިވާ ގޮތުން ބިލު މި ބިލު ގާނޫނަކަށް ބަދަލުވެ، އަމަލު ކުރަން ފަށާތާ 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން، ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގައި، ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި ފީގެ އަދަދު އެނގޭނެހެން ހިމަނަން ވާނެ އެވެ.
ޕްލާސްޓިކް ކޮތަޅުން ރުފިޔާ ނަގަން ފެށިނަމަވެސް ބައެއް ހާލަތްތަކުގައި އިސްތިސްނާ ވާނެ އެވެ. އެހެންނަމަވެސް, މަޖިލީހަށް ބިލު ހުށަހެޅިއިރު ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާފައި ހުންނަ ކޮތަޅު އިސްތިސްނާ ވާނެ ކަމަށް ބުނެފައިވީނަމަވެސް ކޮމިޓީ މަރުހަލާގައި އެ ބައި ވަނީ އުނިކޮށްފަ އެވެ.
އެ ކޮމިޓީގެ މުގައްރިރު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި ގޮތުގައި މިއީ ކާޑު ގަންނަން ދާއިރު ކޮންޓެއިނަރު ގެންދިއުމަށް ބާރު އެޅުމުގެ ގޮތުން ގެނައި އިސްލާހެކެވެ.
ލެވީ ނެގުން އިސްތިސްނާ ވާ ހާލަތްތައް:
ލެވީ ނެގުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު، ގާނޫނު ތަންފީޒު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވެއްޖެނަމަ، 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
މި ގޮތުން ނެގޭ ޖޫރިމަނާތައް ޖަމާކުރަން ޖެހޭނީ "މޯލްޑިވްސް ގްރީން ފަންޑް" އަށް ކަމަށް ބުނެ، ކޮމިޓީން ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ.
މީގެ އިތުރުން ވެސް މި ބިލުގައި ވަނީ ކުނި މެނޭޖުކުރަން ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ހިންގާނެ ގޮތް ބަޔާން ކޮށް، އޮޕަޜޭޝަނަލް ޕްލޭނެއް އެކުލަވާލައި، ކޮންމެ ފަސް އަހަރަކުން މުރާޖައާ ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.
މި ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ވޯޓުންނެވެ.
Comment