Advertisement

މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

25 ނޮވެންބަރު 2022 - 23:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނޮޅިވަރަމް ދާއިރާގެ މެންބަރު ނަޝީދު؛ ނަޝީދަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި - ފޮޓޯ: މަޖިލީސް


މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

25 ނޮވެންބަރު 2022 - 23:15 0

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ހަމަލާ ދޭން އުޅުނު މައްސަލައިގައި މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ.

އޭނާ "އަދަދު" ނޫހަށް ވިދާޅުވީ ހަމަލާ ދޭން އުޅުނު މައްސަލަ އެ ދުވަހު ޕޮލިހަށް ހުށަހެޅި ކަމަށެވެ.

"ދެ މީހަކު އައިސް، އޭގެތެރެއިން އެކަކު އުޅުނީ އަހަރެންގެ ގައިގައި ޖަހަން،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކުރީ މާލޭގެ ނިރޮޅުމަގުންނެވެ. އެ ސަރަހައްދުގައި އެސްއޯ ފުލުހުން ބައިގަޑިއިރު ހަރަކާތްތެރިވި އެވެ.