Advertisement

ޝުއައިބް ރިޓަޔާ ކުރެއްވުމުން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަރްހީޒާ

23 ނޮވެންބަރު 2022 - 14:06 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ހުސްވި މަގާމަށް ކަނޑައެޅި ހައި ކޯޓުގެ ފަނޑިޔާރު ފަރުހީޒާ -- ފޮޓޯ: ހައި ކޯޓު


ޝުއައިބް ރިޓަޔާ ކުރެއްވުމުން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ފަރްހީޒާ

23 ނޮވެންބަރު 2022 - 14:06 0

ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން، ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް އޭނާގެ ބަދަލަށް ހައި ކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ހަމަޖައްސައިފި އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ދެން ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެ މަޖިލީހުގައި ތިއްބަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ސުޕީރިއާ އެހެން ކޯޓެއްގެ ފަނޑިޔާރެކެވެ. އަދި، އެއީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނުއިންނަވާ ފަނޑިޔާރުންނަށް ވާން ޖެހެ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ބޭނުމަކީ، ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމާ ނިންމުންތައް އިސްތިއުނާފްކުރެވޭ މައްސަލަތައް ބެލުމާއި އޭގައި ގޮތެއް ނިންމުމެވެ.

އެ މަޖިލީހަށް އަލަށް ހަމަޖެއްސި ފަރުހީޒާ ހައި ކޯޓަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގަ އެވެ. ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރެއްވި ފަރުހީޒާއަކީ ގާނޫނީ ދާއިރާއިން މާސްޓާސްއާ ހަމައަށް ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭގެ އިތުރުން، ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެކެވެ.