Advertisement

ޓެކްސީ ޑްރައިވަރުންނަށް ފުލުހުން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

23 ނޮވެންބަރު 2022 - 16:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ފުލުހުން


ޓެކްސީ ޑްރައިވަރުންނަށް ފުލުހުން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

23 ނޮވެންބަރު 2022 - 16:54 0

ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން ފުލުހުން ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ އަލަށް ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ނިކުންނަ ފަރާތްތަކާއި މިހާރުވެސް އެ ހިދުމަތްދޭ ފަރާތްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ފުލުހުން ވަނީ ޕްރޮގްރާމުގެ ބައިވެރިން އެެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވާފަ އެވެ.

އޭގެ އިތުރުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެކްސިޑެންޓުތައް ފަދަ މަގުމަތީ ދިމާވާ އެކި ކަންކަމުގައި އަމަލުކުރާނެ ގޮތް ވަނީ ޓެކްސީ ޑްރައިވަރުންނަށް ކިޔައިދީފަ އެވެ. އަދި ޓެކްސީ ކުރުމުގެ ގަވާއިދު ވެސް ވަނީ ބައިވެރިންނަށް ކިޔައިދީ އަމަލުކުރާނެ ގޮތުގެ އިރުޝާދު ދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަލަށް ނުކުންނަ ޑްރައިވަރުން އަދި މިހާރު އެ ހިދުމަތްދޭ ޑްރައިވަރުންނަށް ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ވަކިންނެވެ. މި ޕްރޮގްރާމުގައި ޖުމްލަ 249 މީހަކު ވަނީ ބައިވެރިވެފަ އެވެ.