Advertisement

މާސްޓާކާޑުގެ ސިޓީ ޕޮސިބަލް ވިއުގައިގެ މެންބަރަކަށް އެޗްޑީސީ

23 ނޮވެންބަރު 2022 - 07:37 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސިޓީ ޕޮސިބަލްގެ މެންބަރަކަށް ވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެޗްޑީސީއާއި މާސްޓާކާޑުގެ ވެރިން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: އެޗްޑީސީ


މާސްޓާކާޑުގެ ސިޓީ ޕޮސިބަލް ވިއުގައިގެ މެންބަރަކަށް އެޗްޑީސީ

23 ނޮވެންބަރު 2022 - 07:37 0

ޕޭމަންޓު އިންޑަސްޓުރީގައި ދުނިޔޭގެ މަޝްހޫރު ކުންފުނި، މާސްޓާކާޑާ އެކު "ސިޓީ ޕޮސިބަލް" ގެ މެންބަރަކަށް ވުމުގެ އެއްބަސްވުމުގައި އެޗްޑީސީން ސޮއިކޮށްފި އެވެ.

ދުނިޔޭގެ އެކި ސިޓީތަކާއި، ވިޔަފާރިތަކާއި، ތައުލީމީ ދާއިރާ އަދި ކޮމިއުނިޓީތައް އެކުވެގެން ދެމެހެއްޓެނިވި އަދި އުފެއްދުންތެރި އުމްރާނީ ތަރައްގީ ގެނައުމަށް "ސިޓީ ޕޮސިބަލް" ވިއުގަ އެކުލަވާލީ މީގެ ތިން އަހަރު ކުރިންނެވެ. މި ވިއުގައިގައި މިހާރު 50 ގައުމުގެ މައްޗަށް އެކުލެވޭހެން 300 އަށް ވުރެ ގިނަ ސިޓީއާއި 600 އަށްވުރެން ގިނަ ކޮމިއުނިޓީތައް ހިމެނެއެެވެ. ސިޓީތަކަށް ދެމެހެއްޓެނިވި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ފުރިހަމަ ގޮތުގައި ގެނައުމަށް މި ވިއުގައިގައި ހިމެނޭ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

މާސްޓާކާޑު ނެޓްވޯކުގެ މެންބަރަކަށް ވުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި މާސްޓާކާޑު ކުންފުނިން ސޮއި ކުރަނީ -- ފޮޓޯ: އެޗްޑީސީ


މި ވިއުގައިގެ މެމްބަރަކަށް ވުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. މި އެއްބަސްވުމުގެ ސަބަބުން އެޗްޑީސީން ކުރިއަށް ގެންދާ "ސްމާޓް ސިޓީ" މަޝްރޫއަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެގޮތުން ދުނިޔޭގެ އެހެން ސިޓީތަކުގައި ބޭނުން ކުރަމުން އަންނަ ތަފާތު ޒަމާނީ ވަސީލަތްތަކާ ބެހޭ ތަޖުރިބާއާއި، މައުލޫމާތުގެ އިތުރުން އެފަދަ ވަސީލަތްތައް ހުޅުމާލެ ފަދަ ސިޓީއެއްގައި އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރާނެ ގޮތްތައް އެނގިގެން ދާނެއެވެ. އަދި ހުޅުމާލެ ތަރައްގީ ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައް ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް މި ވިއުގައިގެ ސަބަބުން މަގުފައި ވެގެން ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލުއިފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށްޓަކައި އެޗްޑީސީން އަންނަނީ އެ ކޯޕަރޭޝަނުގެ "ސްމާޓްކޮމް" ބުރޭންޑުގެ ދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ވަރުގަދަ ޑިޖިޓަލް އިންފުރާސްޓުރަކްޗަރެއް ހުޅުމާލޭގައި ގާއިމުކޮށް ތަފާތު ޑިޖިޓަލް ސޮލިއުޝަންތައް އެ ކޯޕަރޭޝަނުން ދަނީ ތައާރަފު ކުރަމުންނެވެ.