22 ނޮވެންބަރު 2022 - 07:40 0
އައިޝަތު ނުޒުހާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި ބިލު ރައީސް ވަނީ ތަސްދީގުކުރައްވާފައި--- ފޮޓޯ: ފައިލް
22 ނޮވެންބަރު 2022 - 07:40 0
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައި ގެޒެޓުކޮށްފި އެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.
ޓެކްސް ބޮޑުކުރާ ބިލު އެންމެ ފަހުން މަޖިލީހުން ފާސްކޮށްފި
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދުގެ ޖަލްސާގައި އެންމެ ފަހުން ފާސްކޮށްފި އެވެ.
ޓެކްސް ބޮޑުކުރާ ބިލު އެންމެ ފަހުން މަޖިލީހުން ފާސްކޮށްފި
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދުގެ ޖަލްސާގައި އެންމެ ފަހުން ފާސްކޮށްފި އެވެ.
ބިލު ތަސްދީގުކުރުމާއެކު، އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީއަށް ނަގާ އަދަދު 12 ޕަސެންޓަށް ބޮޑުވާނެ އެވެ.
ޓެކްސް ރޭޓުތައް ބޮޑުވުމުން ސަރުކާރުގެ މަސައްކަތްތައް ކުރުމަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
"ޓެކްސް ރޭޓްސް މަޖިލީހުން ފާސްވެގެން ދިއުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތައް ބާރު މިނުގައި ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ބާރަކަށް،" ވަޒީރުގެ ޓްވީޓްގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ޓެކްސް ރޭޓް ބޮޑުކުރުމަށް ނިންމިއިރު، އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ.
އެމްއެމްއޭގެ ގަވަރުނަރު ވެސް ވަނީ މީހުނާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ޓެކްސް ބޮޑު ނުކުރުމަށް ލަފާ ދެއްވައިފަ އެވެ.
ނަމަވެސް ވޯލްޑް ބޭންކު ފަދަ ބައިނަލް އަގްވާމީ މާލީ ބައެއް އިދާރާތަކުން ވަނީ ޓެކްސް ބޮޑުކުރުން ރަނގަޅު ކަމަށް ބުނެފަ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment