Advertisement

ކޯޅުން ބޮޑުވި ޓެކްސް ބޮޑުކުރާ ބިލު އެންމެ ފަހުން މަޖިލީހުން ފާސްކޮށްފި

16 ނޮވެންބަރު 2022 - 06:12 0

މުހައްމަދު ވިޝާމް

މ

Advertisement


ކޯޅުން ބޮޑުވި ޓެކްސް ބޮޑުކުރާ ބިލު އެންމެ ފަހުން މަޖިލީހުން ފާސްކޮށްފި

16 ނޮވެންބަރު 2022 - 06:12 0

Advertisement

Advertisement

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދުގެ ޖަލްސާގައި އެންމެ ފަހުން ފާސްކޮށްފި އެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

Advertisement

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ކަމާ ބެހޭ އެހެން ބައެއް ފަރާތްތަކާ ސުވާލުކޮށް މަޝްވަރާކޮށްގެން އެގޮތަށް ނިންމައި އެކުލަވައިލި ރިިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ހޯމަ ދުވަހެވެ.

ނަމަވެސް، އެ ބިލު ވޯޓާ ހަމައަށް ގެންދަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ދެކޮޅު ހައްދަވައި، ހުރަސްއަޅުއްވައި ކަމުގެ ތުހުމަތު އިއްޔެ ވެސް ކުރެވުނެވެ.

ޓެކްސް ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހި، މެމްބަރުން ނުރުހިފައި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް ނޭހުމުން ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

ޓެކްސް ބިލަށް މިއަދު ވެސް ވޯޓަކަށް ނޭހި، މެމްބަރުން ނުރުހިފައި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޓެކްސް ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް ނޭހުމުން ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައިފި އެވެ.

Advertisement

އަދި އެކަން ރިޔާސަތުން ކުރީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެ މައްސަލަ ހޫނުވެ، މަޖިލީހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމަށް އެ ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ކުރަން ފަށާފައިވާއިރު، މިއަދުގެ ޖަލްސާގައި އެ ބިލަށް ވޯޓަށް އަހާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ބިލު ފާސްކުރަން ވޯޓަށް އަހަން ތައްޔާރުވިއިރު ވެސް ބައެއް މެމްބަރުން ދުންމާރިފުމެ އަޑުގަދަކުރި އެވެ.

ނަމަވެސް، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ބިލު ފާސްކުރަން ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވި އެވެ.

އެ ބިލު ފާސްވުމަށްފަހު، ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލަށް މަޖިލީހުން ލިބުނު "ހަނި" ތާއީދާމެދު ސަރުކާރުން ވިސްނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.