Advertisement

ޖަލަށް ޑްރަގް ވައްދާ އޮފިސަރުންނާ ދެކޮޅަށް ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަނީ

22 ނޮވެންބަރު 2022 - 11:23 1

ނިމާ ހަސަން

ނިމާ ހަސަން

ކޮމިޝަނާ އޮފް ޕްރިޒަންސް؛ ޖަލަށް ޑްރަގް ވައްދާ އޮފިސަރުން ހޯދަން ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށް ވިދާޅުވި -- ފޮޓ: މުހައްމަދު ޝާބިން/ އަދަދު


ޖަލަށް ޑްރަގް ވައްދާ އޮފިސަރުންނާ ދެކޮޅަށް ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަނީ

22 ނޮވެންބަރު 2022 - 11:23 1

ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ހަރަކާތްތެރިވާ އޮފިސަރުންނަށް ޓާގެޓްކޮށްގެން އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ

ޕްރިޒަންސް ކޮމިޝަނާ މިއަދު 'އަދަދު' އަށް ވިދާޅުވީ ޖަލަށް ޑްރަގް ވައްދާ ކަމަށް ޝައްކު ކުރެވޭ އޮފިސަރުންތަކެއް އެބަތިބި ކަމަށާއި، އެ އޮފިސަރުންނާ ދެކޮޅަށް ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށެވެ.

"ޝައްކު ކުރެވެނީ ކިހާ އަދަދެއްގެ އޮފިސަރުންނަށްތޯ ބުނަން ދަތި" ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަމުން ދިޔަ ނަމަވެސް, ޝައްކު ކުރެވެނީ ކިތައް އޮފިސަރުންނަށްކަން މިވަގުތު ހާމަކުރަން ދަތި ކަމަށް އަހުމަދު ވިދާޅުވި އެވެ.

އޮފިސަރުންނާ ދެކޮޅަށް ޓާގެޓެޑް އޮޕަރޭޝަންތަކެއް ހިންގަމުން ދާއިރު، މިދިޔަ ބުރާސްތި ދުވަހު ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން ހިންގި އޮޕަރޭޝަނެއްގައި ވަނީ މަސްތުވާތަކެއްޗާ އެކު ޖަލު އޮފިސަރެއް ހައްޔަރުކޮށްފަ އެވެ. އެ އޮފިސަރު މިހާރު ސަސްޕެންޑު ކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ހައްޔަރުކުރި އޮފިސަރާ ބެހޭ އިތުރު މައުލޫމާތު ކަމާބެހެ ފަރާތްތަކުން ހާމަނުކުރި ނަމަވެސް "އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ފަސް އަހަރު އުޅެފައިވާ ލ. ކަލައިދޫ ހިޝާމް އަލީ، 23 އެވެ.

ޕްރިޒަންސް ކޮމިޝަނަރު މިއަދު ވިދާޅުވީ ހައްޔަރުކުރި އޮފިސަރު ސަސްޕެންޑުކޮށްފައިވާއިރު، ކަރެކްޝަނުގެ ޑިސިޕްލިނަރީ ކޮމިޓީން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ އޮފިސަރު ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޔަރުކުރި ޖަލު އޮފިސަރު އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތިކަން އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.