Advertisement

ގައުމީ ހޭންޑްބޯލް ތަށި އޮރިކްސް އާއި ފިއުޗާ އަށް

16 ނޮވެންބަރު 2022 - 16:35 0

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އޮރިކްސް ސްޕޯޓްސް އެކެޑަމީން ތަށްޓާ އެކު އުފާފާޅުކުރަނީ.


ގައުމީ ހޭންޑްބޯލް ތަށި އޮރިކްސް އާއި ފިއުޗާ އަށް

16 ނޮވެންބަރު 2022 - 16:35 0

ނުވަ ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮރިކްސް ހޭންޑްބޯލް ކްލަބާއި ފިއުޗާ ސްޕޯޓްސް އެެކެޑަމީން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އިއްޔެ ކުޅެވުނުއިރު، މާލޭ ހޭންޑްބޯލް ކޯޓުގައި އިއްޔެ ހަވީރު ކުރިއަށްދިޔަ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުން ފުލިދޫ ޔޫތު ސްޕޯޓްސް ކްލަބް އަތުން ފިއުޗާ ސްޕޯޓްސް އެކެޑަމީ މޮޅުވީ 35-27 އިންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗާ ސްޕޯޓްސް އެކެޑަމީގެ މުހައްމަދު ފިރުނާޝް އެވެ.

މުބާރާތުގައި ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި އޮރިކްސް ވަނީ 25-16 އިން ކީން ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮރިކްސްގެ ޒުލޭހާ އިބްރާހިމް އެވެ.

ގައުމީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ފުލިދޫގެ އަބްދުﷲ ސިޔާއު، ފިއުޗާ ސްޕޯޓްސް އެކެޑަމީގެ އަހުމަދު އިނާޝް އާއި ފިރުނާޝް އެވެ. އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އޮރިކްސްގެ ޒުލޭހާ އާއި އަރޫޝާ އަދި ކީންގެ އަރީން އަހުމަދު އެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ފިއުޗާ ސްޕޯޓްސް އެެކެޑަމީން މުބާރާތުގެ ތަށި އުފުލާލަނީ.


މި އަހަރުގެ މުބާރާތް ކުރިއަށް ގެންދިޔައީ ޓީމުތަކަށް ގިނައިން މެޗު ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. އެ ގޮތުން ފުރަތަމަ ބުރަށް ފަހު ކެޓީ ގްރޫޕުގެ ފުލަށް ދިޔަ ޓީމުތައް އެކަންޏެވެ. ދެ ވަނަ ބުރުގައި ކުުޅުނު ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު ފުލަށްދިޔަ ޓީމްތަކަށް ހާއްސަކޮށް، ޑިވެލޮޕްމަންޓް ޝީލްޑް ލީގުގެ ނަމުގައި އާ ބައެއް ހިމަނާފައިވެ އެވެ.

މުބާރާތުގައި މި ފަހަރު އަލަށް ހިމެނި ޑިވެލޮޕްމަންޓް ޝީލްޑް ބައިގެ ފިިރިހެން ޑިވިޝަނުގެ ޗެމްޕިއަނަކަށް ދިވެހި ސިފައިންގެ ކްލަބް ދިޔައިރު، ރަނަރަޕަކީ ރެޑްހޯކްސް އެވެ. މި ބައިގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ނަޖީހު އެވެ.

ޑިވެލޮޕްމަންޓް ޝީލްޑްގެ އަންހެން ޗެމްޕިއަންކަން ހޯދީ ރެޑް ހޯކްސް އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިއަކީ ރެޑްހޯކްސްގެ ޔަޝްފާ އާދަމް އެވެ.

ގައުމީ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކީ ފިއުޗާ ސްޕޯޓްސް ކްލަބްގެ ރާއިދު ރަޝީދު އެވެ. އެންމެ އުންމީދީ އަންހެން ކުޅުންތެރިއަކީ އޮރިކްސްގެ ފާތިމަތު އަރޫޝާ އެވެ.