Advertisement

81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ

15 ނޮވެންބަރު 2022 - 12:56 1

މުހައްމަދު ޝަހްޒާން

މ

Advertisement

ހދ. ވައިކަރަދޫ: ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް -- ފޮޓޯ: ފައިލް


81 އަހަރުގެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެއްޖެ

15 ނޮވެންބަރު 2022 - 12:56 1

Advertisement

Advertisement

ހދ. ވައިކަރަދޫގައި އުމުރުން 81 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެން މީހާ މިހާރު ވައިކަރަދޫއިން ފުރާފައިވާ ކަމަށާއި އެއީ ރަށުން ބޭރު މީހެއް ކަމަށް، އެ މައްސަލަ ހުށަހެޅި ފަރާތުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

Advertisement

އެކަމާ ގުޅިގެން މިއަދު މި ނޫހުން ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓަށް ގުޅުމުން، ފޯނަށް ޖަވާބު ދިން މީހަކު ނަން ހާމަކުރުމަށް ދެކޮޅު ހެދުމަށްފަހު ބުނީ އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

"ބަލަންޖެހޭ ކަންކަން ބަލަމުންދާ" ކަމަށް ބުނުން ފިޔަވައި، އެ މައްސަލައާ ގުޅިގެން ފުލުހުން ކުރާ އެއްވެސް މަސައްކަތެއް ވެސް މީޑިއާ ޑިޕާޓްމަންޓުން ހާމައެއް ނުކުރެ އެވެ.

އުމުރުން ދުވަސްވީ މީހަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފެންމަތިވީ، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވީ މީހާގެ ދަރިފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އެ މައުލޫމާތު ހިއްސާ ކުރުމުންނެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބކރމހ

over 2 years ago

ވައިކަރަދޫގެ ކޮމިއުނިޓީ ޕޮލިސް ޑެސްކުން އަންހެން މީހާ ގާތުގާ އެދުނީ ރަށުތެރޭގެ މަސްލަހަތަށްޓަކާ މައްސަލަ އަނބުރާ ގެންދިޔުމަށް. މިއަމަލު ކުށްވެރިކުރަން.