Advertisement

ޗައިނާއާ ދެކޮޅަށް އާ ފިނި ހަނގުރާމައެއް ނުފަށާނަން: ބައިޑެން

15 ނޮވެންބަރު 2022 - 06:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން. -- ފޮޓޯ: އޭއެފްޕީ


ޗައިނާއާ ދެކޮޅަށް އާ ފިނި ހަނގުރާމައެއް ނުފަށާނަން: ބައިޑެން

15 ނޮވެންބަރު 2022 - 06:01 0

ޗައިނާއާ ދެކޮޅަށް "އާ ފިނި ހަނގުރާމައެއް" ނުފަށާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވައުދުވެވަޑައިގެންފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ބައިޑެން ވިދާޅުވީ ޗައިނާއިން ޓައިވާނަށް އަރައި، އެތަން ހިފަން އުޅޭނެ ކަމަށް އެމެރިކާއިން ގަބޫލުނުކުރާ ކަމަށެވެ.

މިއީ ބައިޑެން ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ދެ ލީޑަރުންގެ ފުރަތަމަ ބައްދަލުވުމެވެ. ޓައިވާނުގެ އިތުރުން އުތުރު ކޮރެއާ އާއި ޔޫކްރެއިން ހަނގުރާމައާ ގުޅޭ މަޝްވަރާ ދެ ލީޑަރުން ކުރެއްވި އެވެ.

އިންޑޮނީޝިއާގެ ބާލީގައި ހޯމް ދުވަހު ޖީ20 ސަމިޓު ފެށުމުގެ ކުރިން ބައިޑެން އާއި ޝީ ބައްދަލުކުރައްވައި، ތިން ގަޑިއިރު ވަންދެން މަޝްވަރާ ކުރެއްވި އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ ޓައިވާނަކީ ޗައިނާގެ މައި މަސްލަހަތުގެ ތެރޭގައި ހިމެނޭ ތަނެއްކަން ޝީ ފާހަގަކުރެއްވި ކަމަށެވެ.

އެމެރިކާ އާއި ޗައިނާގެ ގުޅުމުގެ ތެރެއިން ހުރަސް ނުކުރެވޭނެ ފުރަތަމަ ރަތް ރޮނގަކީ ވެސް ޓަައިވާން ކަމަށް ޝީ އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރި އެވެ.

ބައިޑެން ވިދާޅުވީ ދެ ގައުމުގެ މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތައް ހައްލު ކުރަން ތަފާތު އެކި ފެންވަރުގައި ސަރުކާރު އޮފިޝަލުންނަށް މަޝްވަރާ ކުރެވޭނެ ގޮތް ހެދުމަށް އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަރަށް އަވަހަށް ޗައިނާއަށް ދަތުރު ކުރައްވާނެ ކަމަށް ބައިޑެން އިއުލާނު ކުރެއްވި އެވެ.