ފުޓްސަލް މެޗަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުން ދަނީ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލްގައި އިއްޔެ އިނގުރައިދު އާއި ދުވާފަރު ބައްދަލު ކުރި މެޗު ނިމުމަށް ފަހު ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ލ. މާންދޫގައި މަސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާ ހޫނުވެ، މަސްވެރިންނާއި ފުލުހުންގެ ކުރިމަތިލުމެއް ހިނގި އެވެ.
އުނގޫފާރުގައި ކުޅުނު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗު ދުވާފަރު ކާމިޔާބު ކުރީ 4-3 އިންނެވެ.
އެ މެޗަށް ފަހު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މީހުންނަށް އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހުނެވެ. ފަރުވާ ދޭންޖެހުނު ޖުމުލަ އަދަދެއް ނޭނގެ އެވެ. ނަމަވެސް، އިނގުރައިދޫ ކައުންސިލް މެމްބަރު އިބާދުﷲ މުހައްމަދު ވިދާޅުވީ އެ ރަށުގެ ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ކުޑަ ދެ އަންހެން ކުއްޖަކަށް ފިޓު ޖެހިގެން ވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ.
ހޮރައިޒަން ފިޝަރީޒު ކޮމްޕެނީން ލ. މާންދޫގައި ހިންގާ ފެކްޓްރީން މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ، ފުލުހުން ދަމާފައިވާ ލައިން ފަޅާލައި މަސްވެރިން ދިޔުމާއެކު، އެކަން ކޮންޓްރޯލްކުރަން ޕެޕާ ސްޕްރޭ ބޭނުންކުރުމުންނެވެ. ރައްދުގައި މަސްވެރިން ވެއްޔާއި ގާ އުކި އެވެ.
މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޕޮލިސް ލައިން ފަޅާލާފައި މަސްވެރިން ދިޔައީ، މާންދޫ ފިޝަރީޒު ކޮމްޕްލެކްސްގެ ވެރިޔަކާ ބައްދަލުކުރަން އެދި އެކަން ހަމަޖައްސައި ނުދިނުމުންނެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ގަވަރުނަރު އަލީ ހާސިމް އިއްޔެ ވިދާޅުވީ؛
އަޅުގަނޑުމެން، ޓެކްސް ރެވެނިއު އިތުުރުކުރަން ޖެހޭނެކަން އަބަަދުވެސް ދަންނަވަމުން މިދަނީ. ދަނޑިވަޅު އަޅުގަނޑުމެންނަށް ދިމާނުވީ މިފަހަރު އިނގޭތޯ،"
Comment