Advertisement

އެއާ ޝޯއެއްގެ ތެރެއިން ދެ ބޯޓު ޖެހި ބަޔަކު މަރުވެއްޖެ

13 ނޮވެންބަރު 2022 - 14:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެކްސިޑެންޓުވި ބޯޓެއް.


އެއާ ޝޯއެއްގެ ތެރެއިން ދެ ބޯޓު ޖެހި ބަޔަކު މަރުވެއްޖެ

13 ނޮވެންބަރު 2022 - 14:05 0

އެމެރިކާގެ ޓެކްސަސް ސްޓޭޓުގައި އޮތް އެއާ ޝޯއެއްގެ ތެރެއިން ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރަށް ނިސްބަތްވާ ދެ މަތިންދާ ބޯޓު ޖެހި ހިނގި އެކްސިޑެންޓުގައި ބަޔަކު މަރުވެއްޖެ އެވެ.

ވީޑިއޯއިން ފެންނަނީ ތިރި އެލްޓިޓިއުޑެއްގައި އެއް ބޯޓު ގޮސް، އަނެއް ބޯޓުގައި ޖެހޭ މަންޒަރެވެ. އެއް ބޯޓު މެދުން ބިންދައިގެން ގޮސް ބޮޑު ހުޅުގަނޑާ އެކު ބިން މައްޗަށް ވެއްޓުނެވެ.

އެ ބޯޓުތައް އެކްސިޑެންޓުވީ އެއާ ޝޯއެއްގެ ތެރެއިންނެވެ. އެއް ބޯޓަކީ ބޮއިންގް ބީ-17 ފްލައިންގް ފޯޓްރެސް އެކެވެ. އެ ދޭތީގައި ތިބީ ކިހާ އަދަދެއްގެ މީހުން ކަމެއް ސާފެއް ނޫނެވެ.

އެލައިޑް ޕައިލެޓްސް އެސޯސިއޭޝަނުން ބުނީ އެ ޖަމިއްޔާގެ ކުރީގެ ދެ މެމްބަރުން އެ ހާދިސާގައި މަރުވި ކަމަށެވެ. އެއީ ދެ ޕައިލެޓުން ކަމުގައިވާ ޓެރީ ބާކާ އާއި ލެން ރޫޓް އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާގައި ޖުމްލަ ހަ މީހުން މަރުވި އެވެ. ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރާނެ ކަމަށެވެ.

ބީ-17 ފްލައިންގް ފޯޓްރެސްއަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ހޯދި ކާމިޔާބުގެ މުހިއްމު ދައުރެއް އަދާ ކުރި ވައިގެ އުޅަނދެކެވެ.

އެކްސިޑެންޓުވި އަނެއް ބޯޓަކީ ޕީ-63 ކިންގްކޯބްރާ އެކެވެ. އެ ބޯޓަކީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ސޯވިއެޓް ޔޫނިއަންގެ ވައިގެ ސިފައިން ބޭނުންކުރި އުޅަނދެކެވެ.