މާލޭގައި ދުއްވަން ކަރަންޓުން ރިޗާޖުކުރާ މިނީ ބަސްތައް ގެނެސްފި އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އާރުޓީއެލް ފްލީޓަށް އިތުރުކުރަން މިއަދު ގެނައީ އިލެކްޓިކް ހަ ބަހެވެ. މި ބަސްތަކާއެކު ސަރުކާރުގެ ނެޓް ޒީރޯ ސިޔާސަތު ހަގީގަތަކަށް ހެދުމުގައި ބައިވެރިވިވުމަކީ ލިބޭ އުފަލެއް ވެސް ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި ބަސްތަކުގައި 11 ގޮނޑި ހުރެ އެވެ. ފޮރޮޅުލީ ގޮނޑި ބޭނުން ކުރެވޭނެ އެވެ.
މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމަށްޓަކައި އެމްޓީސީސީން ފުރަތަމަ ގެނައީ ކަރަންޓް ބަހެއް ނޫނެވެ.
މިހާރު ބޭނުންކުރާ އެ ބަސްތަކަކީ ރަށްރަށުގައި ބޭނުންކުރަން ގެނައި 41 ބަހެވެ. އޭގެ ތެރެއިން މާލޭގައި ހިދުމަތް ދޭން 18 ބަސް ބޭނުން ކުރެ އެވެ.
މިނީ ބަހުގެ ހިދުމަތް؛ އާންމު ދަތުރުފަތުރު ކުރުމުގެ އާ ސަފްހާއެއް
ގްރޭޓާ މާލެ އޭރިއާގައި ޕަބްލިކް ޓްރާންސްޕޯޓު ނެޓްވޯކެއް ނެތުމަކީ ޒަމާނުއްސުރެއް ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ޓްރެފިކްގެ މައްސަލަ ބޮއްސުންލާފައިވާ މާލޭގެ މަގުތަކަށް މިނީބަސް ނެރުމަކީ ހައްލަކަށް ވުރެ ބޮޑަށް ތުރާލަކަށް ވާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

އޭގެ ތެރެއިން އަށް ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް އެރޭނެ ގޮތަށް ހުންނަ ބަހެވެ. މިފަދަ ބަހުގައި 20 މީހުންގެ ޖާގައިގެ އިތުރުން ކޮޅަށް ތިބެ 10 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި، ވީލްޗެއާ އެކްސެސް ނެތް ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި 10 މީހުންނަށް ކޮޅަށް ތިބެ ދަތުރުކުރެވޭނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment