Advertisement

އެމްޑީޕީ ޕްރައިމަރީގެ ތާރީހު އިއުލާނުކުރާނީ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު: އަނަސް

6 ނޮވެންބަރު 2022 - 14:48 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ތަރުޖަމާނު އަނަސް -- ފޮޓޯ: ފައިލް


އެމްޑީޕީ ޕްރައިމަރީގެ ތާރީހު އިއުލާނުކުރާނީ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު: އަނަސް

6 ނޮވެންބަރު 2022 - 14:48 1

އަންނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ އޮންނަ ދުވަހެއް އިއުލާނު ކުރާނީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބަދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިމިވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކަމަށް ކުރިން ލަފާކުރެވުނު ޕްރައިމަރީ ލަސްކޮށްފި ކަމަށް އަޑުފެތުރިފައިވަނިކޮށެވެ.

މިކަމާ ގުޅިގެން މިއަދު "އަދަދު" އިން ސުވާލުކުރުމުން އަނަސް ވިދާޅުވީ ޕްރައިމަރީ ބާއްވާ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ކަމަށް މިހާރު ދަނީ މައުލޫމާތު ލިބެމުންނެވެ. ރިޔާސީ ޕްރައިމަރީ ނުބޭއްވި ގިނަ ދުވަސް ތަކެއް ވެފައިވާއިރު އެ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފަ އެވެ.

އެއާއެކު، އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި، އެތެރޭގެ ކޯޅުން ވަނީ ބޮޑުވެފަ އެވެ.

އެގޮތުން ސަރުކާރުން ހުށަހަޅާ ބިލުތަކާއި އެމްޑީޕީގެ ރަސްމީ ނިންމުންތަކާ ދެކޮޅަށް ރައްޔިތުން މަޖިލީހުގައި އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ފަހަކަށް އައިސް ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.